އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމް ވެރިންގެ މިޘާލު: ދިރިއުޅޭ ގޭގަ ހުޅުޖެހުމުން ނިއްވާލަން ކަމެއް ނުކޮށް ހުޅުރޯކުރުން ކުށްވެރިކުރާމީހާގެ މިޘާލު

މުސްލިމް ވެރިންގެ މިޘާލު: ދިރިއުޅޭ ގޭގަ ހުޅުޖެހުމުން ނިއްވާލަން ކަމެއް ނުކޮށް ހުޅުރޯކުރުން ކުށްވެރިކުރާމީހާގެ މިޘާލު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މާތް ﷲ އާރާއި ބާރު ދެއްވަވާފައިވާ މުސްލިމުންގެ މިޘާލަކީ އެމީހަކު ދިރިއުޅޭ ގޭގައި ޢަދާވާތްތެރިން ހުޅުޖެހުމުން، އަލިފާން ރޯކުރުމުން ނިއްވާލަން އެއްވެސް މަސައްކަތެއް ނުކޮށް ހުޅުރޯކުރުން ކުށްވެރިކުރާ މީހާގެ މިޘާލެވެ. 

ގޭގައި ހުޅުޖެހުމުން ފެން ނުވަތަ ފޯމް ފަދައެއްޗެއް ޖަހައި ނިއްވާލަން މަސައްކަތްނުކޮށް ތާޅަފިއްޔެއް ހިފައިގެން މަގުމައްޗަށް ނުކުމެ ހުރެ ރޯވެފައިވާ އަލިފާން ގަޑު ނުވަތަ ހުޅުޖެހިމީހާ ކުށްވެރިކޮށް ކިތަންމެ ބާރަށް އަޑުގަދަކުރިއްޔާ އަލިފާންގަނޑު ނިއްވައިލެވޭނެ ހެއްޔެވެ؟ 

ފަލަސްޠީނަށް ހައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓް ޙަމަލާތައް ކުށްވެރިކުރުމާއި ބަޔާން ނެރުމާއި ޙަމަލާތައް ނުދޭން ގޮވައިލުން އަޅުގަނޑަށް މާނަކުރެވެނީ ކުރިން މިބުނިފަދައިން ގޭގައި ހުޅުޖެހީމާ ތާޅަފިއްޔެއް ހިފައިގެން ނުކުމެހުރެ އަޑުގަދަކުރުން ފަދަ ކަމެއްގެ ގޮތުގައެވެ. 

ތަނަވސްކަން ލިބިގެންވާ މުސްލިމް ޤައުމުތަކަށް ކުރެވޭނެ ކަމެއް ނެތީއެއް ނޫނެވެ. ހަނގުރާމަކުރަން ބޭނުން ނޫންނަމަ ހަނގުރާމަނުކުރިނަމަވެސް ނަޞްރު ހޯދެން އެބައޮތެވެ. ނިކަން ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުންނަށް ވާގިވެރިވެ އެހީތެރިވާ އެމެރިކާ އާއި ދުރަށް ޖެހިލަބަލާށެވެ. އެއްފަހަރުން މައްސަލަ ޙައްލުވީއެވެ. 

ނަމަވެސް އެމެރިކާ ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މާތް ﷲ އަށްވުރެވެސް އެމެރިކާ ދެކެ ގަންނަ ބިރު މާބޮޑެވެ. މަރުދެކެ ބިރުގަންނަވަރުންނެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ އަލިފާނަށް ގަންނަ ބިރަށްވުރެ ހޯދައިގެން ތިބި މުއްސަނދިކަން ގެއްލިދާނެކަމަށް ގަންނަބިރު މާބޮޑެވެ. 

މިލޔުމުގައިވެސް ތަކުރާރުކޮށްލާނަމެވެ. މިފަދަ ވެރިންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރަން ހެޔޮނުވާނެއެވެ. ދުޢާކުރަންވީ ފުރިހަމަ މުސްލިމުން ކަމުގައި ލެއްވެވުން އެދިއެވެ. މާތް ﷲ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތު އަދާކުރާ ބައަކު ކަމުގައި ލެއްވެވުން އެދިއެވެ. އެކަމަށް ފޭލްވާނަމަ އެބައިމީހުންގެ ކިބައިން އިސްލާމީ ސަލާމަތްކޮށް ދެއްވެވުން އެދިއެވެ. 

ޣައްޒާގެ 2.3 މިލިއަން މުސްލިމުންގެ ފުރާނަ އިސްލާމީ ވެރިންނަށް މުހިންމުނުވިކަން މިއޮތީ ފެންނާށެވެ. ގޭގައި ހުޅުޖެހީމާ ނިއްވާލަން ތިމާއަށް ކުރެވެންހުރި އެއްވެސް ކަމެއް ނުކޮށް ތާޅަފިލި ހިފައިގެން ނުކުމެ އަލިފާންގަނޑު ކުށްވެރިކުރުމުގެ އުޞޫލުން ޢަމަލުނުކުރާނެ ބައަކަށް އިސްލާމީ އުންމަތުގެ ވެރިކަން ދެއްވެވުން އެދި ދުޢާކުރައްވާށެވެ! އުންމަތަށް ކާމިޔާބުލިބުން އޮތީ އެއިރުންނެވެ. އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް