އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީއެންސީއަށް ދިހަހާސް މެންބަރުން ހަމަކޮށްދިނުމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

ޕީއެންސީއަށް ދިހަހާސް މެންބަރުން ހަމަކޮށްދިނުމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 10،000 މެންބަރުން ހަމަކޮށްދިނުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު ވަނީ ޕީޕީއެމުން އެއްވެސް މެމްބަރަކު ވަކިނުކޮށް ޕީއެންސީއަށް ދިހަހާސް މެމްބަރުން ހަމަކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

މައުލޫމާތުލިބޭ ގޮތުގައި ޑރ.މުޢިއްޒު މިކަމަށް އެދިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. މީގެއިތުރުން ދެ ޕާޓީގެ މެންބަރުން ތިބޭ އެހެން ގުރޫޕުތަކަށްވެސް މި މެސެޖު ފޮނުވާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މެމްބަރުން ހަމަކުރުމަށް ސްޓިއަރިންގ ކޮމިޓީތަކުގެ ފުރިހަމަ އެއްބާރުލުމަށް ޑރ.މުޢިއްޒު ވަނީ އެދިވަޑައިިގެންފައެވެ.

ޕީއެންސީއަށް ދިހަހާސް މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ފަށާފަވާއިރު ޕީޕީއެމްގެ އެއްވެސް މެމްބަރަކު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަން ކުރައްވާ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމާއި ޕީއެންސީއަކީ އެއް އަސާސްތަކެއްގެ މައްޗަށް އެމަނިކުފާނު އުފެއްދެވި ދެޕާޓީ ކަމަށާއި އެހެންކަމުން ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަން ނުޖެހޭނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ އަކީ އެއް ފިކުރެއްކަމަށް އަދި ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ސޮއިކުރަން ނުޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ޕީޕީއެމްގެ ނައިބުރައީސްގެ މަގާމުގައި ހުންނަވައި، އެ މަގާމުން އިސްތިއުފާދެއްވުމަށްފަހުއެވެ.

މިވަގުތު ޕީއެންސީގެ ރައީސްގެ ގޮތުގައި ޑރ. މުއިއްޒު ހުންނެވިއިރު، އެމަނިކުފާނު ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގަތުމުން، ޕީއެންސީގެ ޓިކެޓުގައި ރިޔާސީ ކެންޑިޑޭޓަކު ނެރެން ޕްރޮގްރެސިވް ކޯލިޝަނުން ނިންމުމާ ގުޅިގެންނެވެ. އިންތިޚާބީ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހުއެވެ.

 

ހަބަރު: ވީނިއުސް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު