އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓު 13 ބޭފުޅަކަށް ޕްރައިމަރިއަކާ ނުލައި ކަށަވަރުވެއްޖެ!

ޕީޕީއެމް/ޕީއެންސީގެ ޓިކެޓު 13 ބޭފުޅަކަށް ޕްރައިމަރިއަކާ ނުލައި ކަށަވަރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ޓިކެޓުގައި މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވި މެމްބަރުންގެ ތެރެއިން 13 ބޭފުޅަކަށް ޕްރައިމަރިއަކާ ނުލައި ޓިކެޓް ކަށަވަރުވެއްޖެއެވެ.

ކޮންގްރެސްއިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ފަރާތުން ވާދަކުރުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅާފައިވާތީއާއި، އެކި ސަބަބުތަކާއެކު ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެންބަރަށް އަދަދު މަދުވެފައިވާތީ ޕްރައިމަރީއެއް ބޭއްވުމެއްނެތި 13 ފަރާތަކަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޕްރައިމަރިއަކާ ނުލައި ޓިކެޓް ކަށަވަރުވި ބޭފުޅުންނަކީ:

1.  ހޯރަފުށީ ދާއިރާ، އަލީ މޫސާ

2.  ބާރަށު ދާއިރާ، އިބްރާހިމް ޝުޖާއު

3.  ހަނިމާދޫ ދާއިރާ، އިދުރީސް އަބްދުﷲ

4.  އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް

5.  މަހިބަދޫ ދާއިރާ އަހްމަދު ތާރިޤު

6.  ނިލަންދޫ ދާއިރާ، ފާތިމަތު ސައުދާ

7.  ތިމަރަފުށި ދާއިރާ، އިބްރާހިމް ސަނާހް

8.  ފޮނަދޫ ދާއިރާ، އަބްދުއްރަހީމް އަަބްދުﷲ

9.  ހިތަދޫ މެދު ދާއިރާ، އަހްމަދު އަޒާން މަރުޒޫޤް

10.  ހުޅުދޫ ދާއިރާ، މުހައްމަދު ޝާހިދު

11.  ގަލޮޅު ދެކުނު ދާއިރާ، އިބްރާހިމް މުހައްމަދު

12.  ހެންވޭރު ހުޅަނގު ދާއިރާ، އަލީ އިބްރާހިމް

13.  ހުޅުމާލެ މެދު ދާއިރާ، އަބްދުﷲ ޝަޛީމްއެވެ.

ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު