އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްޔިތާގެ ސަންދޯއް މިސްކިތަށް ވެއްދޭތަން ފެނުމުން ތެދުވަންޖެހޭކަން ޙަދީޘުން-

މައްޔިތާގެ ސަންދޯއް މިސްކިތަށް ވެއްދޭތަން ފެނުމުން ތެދުވަންޖެހޭކަން ޙަދީޘުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މައްޔިތަކު ގެންދެވޭތަން ފެނިއްޖެނަމަ އޮތީ ފަހަތުން ގޮސް ޖަނާޒާގައި ބައިވެރިވުމެވެ. ފަހަތުން ދެވެން ނެތްނަމަ އޮތީ ފަސްދީ ގެންދަންދެން ކޮޅަށްހުރުމެވެ. ވީމާ މައްޔިތާގެ ސަންދޯއް މިސްކިތަށް ވެއްދޭވަގުތު އެންމެން ތެދުވަންވާނެއެވެ. އިށީންނަންވާނީ ސަންދޯއް ތަނެއްގައި ބެހެއްޓުމުންނެވެ. (ޞަޙީޙް މުސްލިމް: 1590 ބައްލަވާ)

ވީމާ މައްޔިތާ ވަޅުލަން ގެންދެވޭއިރު ސަންދޯކަށްވުރެ ކުރީގައި ތިބެގެން ކުރިއަށްދިއުމެއް ވެސް ނެތެވެ. ދާންވާނީ ފަހަތުންނެވެ.

"ތިއަބައިމީހުންނަށް ޖަނާޒާއެއް ގެންދާތަން ފެންނަހިނދުން ތެދުވެތިބޭށެވެ! އަދި މައްޔިތާއާއިއެކު ދާމީހުންވެސް އޭނާ ތަނެއްގައި ނުބާއްވަނީސް ނުއިށީންނާށެވެ!" (ޙަދީޘް) (ޞަހީޙް މުސްލިމް: 1592)

މިޙަދީޘްފުޅަށް ޢަމަލު ނުކުރާ ބައަކު އުޅެއެވެ. ސަންދޯއް ވައްދާތަން ފެނުމުންވެސް އިމާމް މީހާ ނަމާދަށް ގޮވާލަންދެން އިށީނދެތިބެއެވެ. އެކަން އެކުރަނީ މި ޙަދީޘްފުޅު ނުއެނގޭތީކަމަށްވެދާނެއެވެ.

ސަންދޯއް ވެއްދޭއިރު ޛިކުރްކުރުން ނުނިމޭނަމަ ކޮޅަށްހުރެގެންވެސް ކިޔުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ސުންނަތަކަށް ޢަމަލުކުރުމަކީވެސް ޘަވާބް ދެއްވަވާނެ ކަމެކެވެ.

ސަންދޯއް ގެންގޮސް ބެހެއްޓުމުން އީށީނުމަކީ މައްސަލައެއް ނޫންކަންވެސް ޙަދީޘްފުޅުން އެނގިގެންދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް