އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ޑްރޯން ރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި!

އުރީދޫ ޑްރޯން ރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 49 ސިކުންތު

އުރީދޫ ފަން ރަން 2023 އާއި އެކީ ބޭއްވުމަށް ހަމަ ޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް - އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ ވެބްސައިޓް މެދުވެރިކޮށް http://ore.do/dronerace އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ހަރަކާތެކެވެ.

އުރީދޫ ޑްރޯން ރޭސް 2023 ބެހިފައިވަނީ 2 ކެޓެގަރީ އަކަށެވެ. އެއީ "ސްކައި އެލީޓް" (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ "ސްކައި ވޯކާ" ކެޓަގަރީ އެވެ. ސްކައި އެލީޓް ކެޓެގަރީ ގައި 16 އަހަރުން މަތީގެ ޑްރޯން ދުއްވާ ފަރާތްތަކަށް ބައިވެރި ވެވޭއިރު، ސްކައި ވޯކާ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ ބޭފުޅުންނަށެވެ. ދެ ކެޓެގަރީގައި ވެސް އޮބްސްޓެކަލްސް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓެރެކުގައި ރޭސް ކުރާއިރު ބަލަން ވާނީ ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށެވެ.  ކޮންމެ ބައިވެރިއަކަށް ވެސް ރެޖިސްޓަރ ކުރެވޭނީ ކޮންމެވެސް އެއް ކެޓެގަރީއަށެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

·       މި ކެޓެގަރީ ގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާ އިރު 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ

·       މި ކެޓެގަރީގައި ބައިވެރިވާ ބޭފުޅުން ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކުވެ.

·       އެއަރކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެއެވެ

·       ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެއެވެ.

 

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

·       މި ކެޓެގަރީ ގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާ އިރު 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ.

·       މި ކެޓެގަރީ ގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެއެވެ. އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫނެވެ.

·       ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަރ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހެއެވެ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރެޖިސްޓަރ ކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން މުއާމަލާތްކުރާނެއެވެ.

 

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް 1ވަނަ 2ވަނަ އަދި 3ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

·       1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް

·       2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)

·       3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަރ

 ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

·       1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް

·       2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)

·       3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަރ

އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު 10 ޑިސެމްބަރު 2023 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމަށް: http://ore.do/dronerace ޒިޔާރަތްކުރައްވާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު