އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ރޭ ބަންދުވާނެ!

އުރީދޫ ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ރޭ ބަންދުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު

އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު 5 ނޮވެމްބަރުގައި ހުޅުވާލެވިފައިވާ އިރު، އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުމެވެ. އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށް http://ore.do/funrun2023 ޒިޔާރަތްކުރައްވާށެވެ.

މި އަހަރު ބާއްވަން ހަމަ ޖެހިފައިވާ ފަން ރަން ގެ ބައިވެރިނަނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އުރީދޫ ފަން ރަން ބިބް ގައި ނަން ޖެއްސަވާނެ ގޮތް:

1.     ރެޖިސްޓަރ ކޮށްލުމަށް މޫލީއަށް ޒިޔާރަތްކޮށްލައްވާ: https://mool.ee/funrun2023

2.   ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލައްވާ

3.   ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރައްވާ

4.   ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރައްވާ

5.   ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖައްސަވަން ބޭނުންފުޅުވާ ނަން ނަން (ގިނަވެގެން 7 އަކުރު) ޖައްސަވާ

6.   އޯޑަރ ކަށަވަރު ކުރެއްވުމަށް ފައިސާ ދައްކަވާ

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ.

·       100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ އެވެ.

·       200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ އެވެ. 

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަ ޖެހިފައިވީ އިރު ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ އެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން އަށް ރެޖިސްޓަރ ވުމަށް http://ore.do/funrun2023 ޒިޔާރަތްކުރައްވާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު