އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
ޣައްޒާގެ އާބާދީއަކީ 2 މިލިއަނެއްހައި މީހުންނެވެ. އެއިގެ ތެރެއިން 50،000 މީހުންނަކީ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުންކަމުގައި ބުނެވެއެވެ. މިއީ އަހުރެންނަށް ވިސްނޭ ގޮތުން ވަރަށް ގިނަ ޢަދަދެކެވެ.
އަހުރެންނަށް ބުނެވެން އޮތީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވި މިބޮޑު އިމްތިޙާނުން އެމީހުން އެހައިމަތިން ފާސްވި ސަބަބަކީ އެމީހުންނާއި ކީރިތި ޤުރްއާނާއި ދެމެދުގައި އޮތް ގާތް ގުޅުން ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ސޯޝަލް މީޑިއާއިން ފެންނަ ބައެއް ވީޑިއޯތަކަށް ބަލާށެވެ! ހުރިހާ ދަރިން އެކުގައި ޝަހީދުކޮށްލުމުން މައިން އެބުނާ ހިތްވަރުގަދަ ބަސްތަކަށް ވިސްނާށެވެ! "ކަންބޮޑުވުމެއް ނެތެވެ! އެކުދިންގެ ފުރާނަ ވަނީ ފުރާނައިގެ މިލްކުވެރިފަރާތުގައެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައެވެ." ހަމައެކަނި މައިންނެއް ނޫނެވެ. ބައްޕައިންވެސް އެގެންދަނީ މިފަދަ ބަސްތައް ބުނަމުންނެވެ. ވީޑިއޯ ތަކުން ފެންނާނެއެވެ.
ޢިބްރަތް ޙާޞިލްކުރާށެވެ! އެމީހަކާއިއެކު (އެމީހެއްގެ ހިތުގައި) ކީރިތި ޤުރްއާންވާ ކޮންމެ މީހަކަށްވެސް މިފަދަ ހިތްވަރު ލިބޭނެއެވެ. އެމީހުންގެ ޢަޒުމް ގުޑުވައެއް ނުލިބޭނެއެވެ. ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
29 ނޮވެމްބަރ 2023