އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު
އެންމެން އަޑުއަހާށެވެ! މިއަދުން ފެށިގެން ހުރެންނަކީ ޤުރްޢާން ކިޔަވާ ކްރިސްޓިއަނެއް ނޫނެވެ. އަހުރެން ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތް ކިޔައިފީމެވެ. ޤުރްއާން ކިޔަވާ މުސްލިމެކެވެ. އަލްޙަމްދު ލިﷲ
އަހުރެންނަށް ތަޢާލާ ތެދުމަގު ދައްކަވައިފިއެވެ. ދުނިޔޭގައި އަހުރެން ލެއްވެވި މަޤްޞަދު އަންގަވައި ދެއްވަވައިފިއެވެ. އެހެންވެ މިއަދުން ފެށިގެން ދިރިހުންނާނީ އަހުރެންގެ ވާޖިބު އަދާކުރުންމަތީގައެވެ. އިން ޝާ ﷲ. އަލްޙަމްދު ލިﷲ.
މިއަދަކީ އަހުރެންގެ ޙަޔާތުގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބުނު 3 ވަނަ ދުވަހެވެ. ފުރަތަމަ ދުވަހަކީ ކައިވެނިކުރި ދުވަހެވެ. 2 ވަނަ ދުވަހަކީ ދަރިއަކު ލިބުނު ދުވަހެވެ. 3 ވަނަ ދުވަސްކަމުގައިވީ މިއަދަކީ ކުރީގެ ދެދުވަހަށްވުރެވެސް މާއުފާވެރި ދުވަހެކެވެ. ސަބަބަކީ އަހުރެންނަށް ނަރަކައާއި ދިމާލަށް ދެވެމުން ދަނިކޮށް މިއަދަކީ އަހުރެންގެ މިސްރާބް ސުވަރުގެއަށް ސީދާކުރެވުނު ދުވަސްކަމުގައިވާތީއެވެ.
ފިރިމީހާ އާއި ދަރިންނަކީ ދުނިޔޭގައި ލިބޭ ވަޤުތީ އުފާވެރިކަމެކެވެ. ކޮންމެ އިރަކުވެސް ވަކިވެ ގެއްލިގެން ހިނގައިދާނެއެވެ. އަހުރެންނާއި ވަކިވެވޮޑިނުގެން އަބަދުވެސް ދެމިވޮޑިގެންވާނީ ﷲ ތަޢާލާކަން މިއަދު އަހުރެންނަށް މިވަނީ ޔަޤީންކުރެވިފައެވެ. އެކަމުން ލިބުނު އުފާވެރިކަމުގެ ބޮޑުކަމުން މުޅި ޖައްވުވެސް ވަނީ ފުރިފައެވެ. އެހައި ބޮޑު އުފާވެރިކަމެއް މިއަދު އިޙްޞާޞްކުރެވިއްޖެއެވެ.
ޢިބްރަތް ޙާޞިލްކުރައްވާށެވެ! މިއީ އަލަށް އިސްލާމްވި، ކުރިން ކްރިސްޓިއަން ޒުވާން އަނހެނަކު ބުނެފައިވާ ބަސްކޮޅެކެވެ.
Advertisement
3 ޑިސެމްބަރ 2023