އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު
ބައްޕައަކު ދަރިފުޅާއި ސުވާލުކުރިއެވެ. "ދަރިފުޅު ޤުރްއާން ކިޔަވަމުތޯ؟" އެވެ. ޖަވާބުގައި ދަރިފުޅު ބުނީ ހަފްތާއަކު ޚަޠިމެއް ކުރާކަމަށެވެ.
ވިއްދައިގެން ބައްޕަކުރީ އިތުރު ސުވާލެކެވެ. "ދަރިފުޅު ދިރިއުޅެން މަސައްކަތް ކުރަމުހެއްޔެވެ؟ އަނބިދަރިންގެ ޚަރަދުބަރަދު ބަލަހއްޓަން ހެއްޔެވެ؟" ޖަވާބުގައި ދަރިފުޅު ބުނީ ޢާއިލާގެ ޚަރަދުތައް ބެލެހެއްޓޭވަރަށް މަސައްކަތްކުރާ ކަމަށެވެ. އިތުރުކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ބައްޕަ ބުންޏެވެ. "މާޝާ ﷲ! ދަރިފުޅަށް ޤުރްއާން އުނގަންނައިދީ ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބިޖައްސުވަން ބައްޕަކުރި މަސައްކަތުގެ އަގު ލިބިއްޖެއެވެ. ދަރިފުޅާއެވެ. ދަރިފުޅުމެން ބޮޑެތިވެ އަމިއްލައަށް ދިރިއުޅެން ފެށުމުން ބައްޕަގެ މަސައްކަތަށް ލުއިލިބުނުފަހުން ކޮންމެ 3 ދުވަހަކުން ޚަޠިމެއްކުރަން ބައްޕަ މަސައްކަތްކުރަމެވެ."
ދެން ނިކަން ވިދާޅުވެބައްލަވާށެވެ! ކީރިތި ޤުރްއާން ކިޔަވަން އަޅުގަނޑުމެންނަށް އެބަ މަސައްކަތްކުރެވޭހެއްޔެވެ؟ ހަފްތާއަކުން ޚަޠިމެއް ކުރުން ދުރުގައި ބާއްވާފައި މަހަކުން ނުވަތަ އަހަރަކުން ޚަޠިމެއް ކުރެވޭ ހެއްޔެވެ؟ އެއް ރޯދައިން އަނެއް ރޯދައާއި ދެމެދު ޚަޠިމެއް ކުރެވޭ ހެއްޔެވެ؟
ރާއްޖެއަށް ބަލައިފިނަމަ އާސަންދަ ހިލެއެވެ. ޢުމުރުން 65 އަހަރުވުމުން ކައިބޮއި ހަދާނެ ވަރަށް ފައިށާ ސަރުކާރުންވެސް އެބަދެއެވެ. އަޅުކަމުގައި ހޭދަކުރެވެނީ ކިހައި ވަޤުތެއް ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލުން މުހިންމު ސުވާލުތަކެކެވެ.
Advertisement
3 ޑިސެމްބަރ 2023