އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު
ކޮންމެ މުސްލިމަކަށްވެސް އެންމެ ފައިދާހުރި ނިމުމަކަށްވާނީ ހެޔޮ ޢަމަލުކުރުންމަތީގައި ހުއްޓައި މަރުވުމެވެ. ރޯދަ ހިފުމަކީ އެންމެ މަތިވެރިކަން ބޮޑު އަޅުކަންކަމުގައި ބުނެވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ރޯދައަކީ ދާވޫދުގެފާނު ހިއްޕެވި ރޯދައެވެ. ދާވޫދުގެފާނު ރޯދަހިއްޕެވީ ކޮންމެ ދެދުވަހަކުން އެއް ދުވަހުއެވެ.
Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said,
“Verily, the most beloved fasting to Allah is the fasting of David, and the most beloved prayer to Allah is the prayer of David, upon him be peace. He would sleep half of the night, stand in prayer for a third of it, and then sleep for a sixth of it. He would fast every other day.”
Source: Ṣaḥīḥ al-Bukhārī 3420, Ṣaḥīḥ Muslim 1159
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
ކޮންމެ ދުވަހަކު ރޯދަ ހިފުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ އިންސާނަކަށް ކެރިކުޅަދާނަވެގެންވާނެ ކަމަކަށްނުވާތީ އެގޮތަށް، ކޮންމެ ދުވަހަކު ރޯދަ ހިފުމެއްވެސް ނެތެވެ. އެހެންކަމާއިއެކުވެސް އަހަރުގެ ކޮންމެ ދުވަހަކު ރޯދަ ހިފި ފަދައިން ސަވާބު ލިބެމުންދާނެ ގޮތްތައް އެބަހުއްޓެވެ. އެއިގެ ތެރޭގައި ޢަރަފާތު ދުވަހާއި އާޝޫރާ ދުވަސް ފަދަ ދުވަސް ދުވަހު ރޯދަ ހިފުން ހިމެނެއެވެ.
އެއިގެ އިތުރުން މަހަކު 3 ދުވަހު ރޯދަ ހިފާ މީހާ ހުންނާނީ އަބަދުވެސް ރޯދަ ހިފުންމަތީގައެވެ. އެހެނީ މަހެއްގައި ވަނީ 30 ދުވަހެވެ. ކޮންމެ ހެޔޮ ކަމަކީ 10 ހެޔޮ ކަމެވެ. ވީމާ މަހަކު 3 ދުވަހު ރޯދަ ހިފާނަމަ 30 ދުވަހު ޜޯދަ ހިފުމުގެ ސަވާބު ހުންނާނީ އެމީހަކަށް ލިބިލިބިއެވެ. އެހެންކަމުން އެމީހަކަށް އަބަދުވެސް ހުރެވޭނީ ރޯދަހިފުންމަތީގައެވެ. މަހުގެ މެދުތެރެއިން 3 ދުވަހު ހިފާ ރޯދަ ހިފުމަކީ ސުންނަތެކެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެ 3 ދުވަހު ރޯދަ ނުހިފުނު ނަމަވެސް މަހުގެ 3 ދުވަހެއްގައި ރޯދަ ހިފާށެވެ. އަދި ރޯދަ ހިފާ ދުވަސްތަކަކީ ރޯދަހިފުން ސުންނަތްކަން ގަދަވެގެންވާ ހޯމަ ދުވަހާއި ބުރާސްފަތި ދުވަސް ކަމުގައި ހަދަން މަސައްކަތް ކުރާށެވެ!
ކިތަންމެ ބުރަ ނަމަވެސް މަހަކު 3 ދުވަހު ރޯދަ ހިފުން ދޫކޮށްނުލާށެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގައި ސާބިތުވެ ދެމިތިބުމަށް ވަޞިއްޔަތް ކުރަމެވެ.
ރޯދަ ހިފުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ރޯދައަކީ ތިމާ އާއި ނަރަކަ އާއި ދެމެދު ލެވޭ ފާރެކެވެ. ނުވަތަ ހުރަހެކެވެ. ނުވަތަ ނަރަކައިން ތިމާ ދިފާޢުކޮށްދޭނޭ އައްޑަނައެކެވެ. ރޯދަވެރިޔާއަށް ދެއްވަވާނެ ސަވާބު އަހަރެން ކުރާ އަމަލުތަކުގެ ފަތް ލިޔުއްވަވާ މަލާއިކަތުންނަށްވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެކަން ކަނޑައަޅުއްވަވާނީ ﷲ ތަޢާލާ އެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
8 ޑިސެމްބަރ 2023