އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގެ ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ހާމަކޮށްފިއެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އެޓަރނީ ޖެނެރަލްގެ ބަޖެޓަށް އިތުރު ކުރައްވާފައިވާ ކަމަށެވެ. މެންބަރު މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިއަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރު އޮފީސްތަކުން ބަޖެޓަށް އިތުރު ކުރަން ފޮނުވާ ކަންތައްތައް ހުށަހަޅުއްވަމުންނެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައަކު ބުނަމުންގެންދަނީ 10 މިލިއަންގެ ބަދަލުގައި 10 ބިލިއަން ޚަރަދުކޮށްގެންވެސް ކުރީ ސަރުކާރުން ގެއްލުވާލާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުން މުހިންމުކަމަށެވެ.
ގެއްލުވާލާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އަނބުރައި ހޯދަން މަސައްކަތްކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަށް މިހާރުވެސް މަސައްކަތްކުރަމުން އަންނަކަން ދާދިފަހުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކުރީގެ ސަރުކާރުން ޢަމަލުކުރިގޮތާއި ގުޅިގެން ނުރުހުންވި ރައްޔިތުން އެއިރުވެސް ބުނަމުން އައީ ކަނޑުވިއްކައިލީކަމަށެވެ. އެކަމާއި ގުޅިގެން ކުރީގެ ސަރުކާރުން ހަދަމުން އައި ދޮގުތަކެއްވެސް ވަނީ ސަރުކާރުގެ ސިޓީ ލީކުވުމުން ހާމަވެފައެވެ.
Advertisement
8 ޑިސެމްބަރ 2023