އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއިން ފިޔާ އަގުބޮޑުކުރިތާ 6 މަހަށްވުރެ ގިނަވެއްޖެ!

އިންޑިއާއިން ފިޔާ އަގުބޮޑުކުރިތާ 6 މަހަށްވުރެ ގިނަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

"އިންޑިއާ އިން ފިޔާ އަގުބޮޑުކުރިތާ 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ކުރިން 275 ޑޮލަރަށް ގަންނަން ލިބުނު ފިޔާޓަނެއްގެ އަގު މިހާރުވަނީ 800 ޑޮލަރަށްވުރެ މަތީގައެވެ. އެހެންކަމާއިއެކުވެސް ރާއްޖޭގެ ބާޒާރުން އެކަމުގެ އަސަރު ފެންނަންވާވަރަށް ނުފެންނަނީ އެތެރެކުރާ ޢަދަދު ގިނަވެފައި ފިޔާއަކީ ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭ އެއްޗަކަށް ނުވާތީއެވެ. 

ފިޔާޓަނެއް އިންޑިއާއިން މިހާރު ގަންނަން ލިބޭ އަގަށް ބަލައިފިނަމަ ރާއްޖޭގެ ބާޒާރުގައި ކިލޯއެއް 30 ރުފިޔާއަށް ނުވަތަ އެއަށްވުރެ މައްޗަށް އުފުލިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ." 

މިއީ ބާޒާރުގައި ފިޔާގެ އަގު އުފުލެމުންދާ މައްސަލައިގައި ބައެއް ވިޔަފާރިވެރިން މިއަދުނޫހަށް ދީފައިވާ މަޢުލޫމާތެވެ. ރާއްޖޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 12 ވަރަކަށް ހުރެފައި މިހާރު ވަނީ 30 ރުފިޔާއަށް އުފުލިފައެވެ. 

މިއަދު އިންޑިއާ ފިޔާ އެންމެ އަގުހެޔޮކޮށް ލިބެންހުރީ ރެޑްވޭވުންނެވެ. ރެޑްވޭވްގެ ފިހާރަތަކުން އިންޑިއާ ފިޔާ ކިލޯއެއް ވިއްކަނީ 22 ރުފިޔާއަށެވެ. 

އިންޑިއާއިން ވަޤުތީ ގޮތުން ބޭރު ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލަން ނިންމިނަމަވެސް އެކުވެރި ޤައުމުތަކުން އެދޭނަމަ ލުއިދޭނެކަން ވަނީ ހާމަކޮށްފައެވެ. އިންޑިޢާއިން މިވަޤުތު ބޭނުންވެގެން އުޅެނީ އިންތިޚާބާއި ދިމާކޮށް އިންޑިއާގައި ފިޔާ ވިއްކާ އަގު ހެޔޮލުރުމަށެވެ. އެކްސްޕޯޓްކުރުން ހުއްޓާލައިފިނަމަ ނުވަތަ މަދުކޮށްފިނަމަ އިންޑިއާގައި ފިޔާ ގިނަވެ އަގިހެޔޮވާނެތީއެވެ. ނަމަވެސް މިއީ ދަނޑުވެރިންނަށް އެކަމުގެ ގެއްލުންތައް ކުރިމަތިވާނެ ކަމެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް