އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ، ރައީސް ޑރ. މުޢިއްޒުއާއި ބައްދަލުކުރައްވައިފި

އުރީދޫގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ، ރައީސް ޑރ. މުޢިއްޒުއާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

އުރީދޫ ގެ ޙިދުމަތް ފޯރުކޮށްދޭ ހުރިހާ މާކެޓެތަކުގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް އިތުރުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން އުރީދޫގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް މުހައްމަދު ބިން އަބްދުالله އަލް ޘާނީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އިސްވެ ހުންނަވައިގެން އުރީދޫ ގްރޫޕްގެ ވީއައިޕީ ވަފުދެއް، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އާ ސަރުކާރާއެކު މަޝްވަރާކުރައްވައި، އުރީދޫއާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވާ، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ޓަކައި ގުޅިގެން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒާއި ރާއްޖޭގެ އާ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރާއްޖޭގެ ޑިޖިޓަލް ވިއުގަ ވަރުގަދަކުރުމަށް އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އެކު ކުރެވެމުންދާ މަސައްކަތާއި ކުރިމަގު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ދެއްވި އަގުހުރި ވަގުތަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތަކާއި، ޓެކްނޮލޮޖީގެ ތަފާތު ތަޖުރިބާގެ ބޭނުން ހިފައި، ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." އުރީދޫގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު، ޝައިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ.

މި ބައްދަލުވުމުގައި، އުރީދޫއިން ރާއްޖޭގައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތާއި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ކުރިއަށް އޮތްތާނގައި ކުރެވޭ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މުހިންމު ދައުރެއް އަދާކޮށް، އާ ޓެކްނޮލޮޖީތައް މާކެޓަށް ތައާރަފްކޮށް، ރައްޔިތުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހި ކޮށްދޭ އާ އީޖާދީ ޓެކްނޮލޮޖީތަކާއި ގުޅުވާލަދީފައެވެ. ރާއްޖޭގެ އާބާދީގެ 100 އިންސައްތަ 4ޖީ+ ނެޓްވޯކާ ގުޅިފައިވާއިރު، އުރީދޫ 5ޖީ ނެޓްވޯކް ވަނީ ގްރޭޓާ މާލެ ސަރަހައްދަށް ފުޅާކުރެވިފައެވެ. އުރީދޫއިން ބައިނަލްއަޤްވާމީ ކޭބަލްތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި މޯލްޑިވްސް ސްރީލަންކާ ކޭބަލް އާއި ސިންގަޕޫރާއި ޔޫރަޕާ ރާއްޖެ ގުޅުވައިދޭ ޕީސް ކޭބަލް ހިމެނެއެވެ. ޕީސް ކޭބަލް ގެ މަސައްކަތް ނިމުމަކާއި ގާތް ވެފައި ވީ އިރު އުރީދޫ ގެ 5ޖީ ނެޓްވޯކް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތްވެސް ހަލުވި ކަމާއެކު ކުރިއަށް ދެއެވެ.

ޝައިޚް މުޙައްމަދު ބިން ޢަބްދުالله އަލްޘާނީ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީގެ އެހީގައި އިޤްތިޞާދީ ކުރިއެރުމާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުރީދޫއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު