އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަނޑިއަލުވީގެ އަގު އުފުލޭ މޫސުން ކައިރިވަނީ-

ދަނޑިއަލުވީގެ އަގު އުފުލޭ މޫސުން ކައިރިވަނީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ދަނޑިއަލުތްވަކީ އެއިގެ ޒާތުގައި ވަރަށް ގިނަ ކާބޯތަކެތި ތައްޔާރުކުރެވޭ އެއްޗެކެވެ. އަދި ފެނުކައްކައިގެން ކެވޭ މީރުއެއްޗެކެވެ. ކރުގަރުދިޔަ އާއި ރިހަވެސް ކެއްކެއެވެ. ހިކިކޮށް ހަނާކުރެވެއެވެ. ޑެވިލްވެސް ކުރެވެއެވެ.

ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު އެއްބާވަތަކީ ދަނޑިއަލުވި ބޯކިބަލެވެ. އަދި ތެލުލި ދަނޑިއަލުތްވަނީ ތައްޔާރުކޮށްގެން ބާޒާރަށް ނެރުނުވަރަކަށް ވިކިހުސްވާ ބާވަތެކެވެ. އަދި ދަނޑި އަލުވި ފަތަކީ ތެލުލައިގެން ކާން ވަރަށް މީރު ފަތެކެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ދަނޑިއަލުވީގެ އަގު އުފުލިގެންދެއެވެ. އެގޮތުން ކިލޯއެއްގެ އަގު 50 ރުފިޔާ އާއި 100 ރުފިޔާއާއި ދެމެދުގެ އަގުތަކަށް އުފުލިގެންދެއެވެ. ކުރިން ދަނށިއަލުތްވަކީ ބޭނުންވަރަކަށް ރާއްޖެއިން ލިބޭ ބާވަތެއް ނަމަވެސް މިހާރު ލިބެނީ ވަރަށް މަދުންނެވެ. އެހެންކަމުން އަވަށްޓެރި ޤައުމުތަކުން އެތެރެކުރަން މިވަނީ ޖެހިފައެވެ.

ދަނޑިއަލުވިން ހަށިގަނޑަށް ލިބޭ ފައިދާ ވަރަށް ގިނަ-

ފާހަގަކޮށްލަންބޭނުންވަނީ ދަނޑިއަލުވި ކެއުމުން ލިބޭ ތަފާތު ބައެއް ފައިދާތަކެވެ.

ފުރަތަމަ ފައިދާޢަކީ އެއގައި ފައިބަރު ގިނަކަމުން ފެނުކައްކައިގެން ކެއުމުން ބަނޑުހަރުވުމުގެ މައްސަލަތައް ޙައްލުވެ ބޮޑު ކަމުދާން ފަސޭހަވާކަމެވެ.

ހަމަ އެއާއިއެކު ފެނުކައްކައިގެން ކެއުމުން ހަކަތަ އިތުރުވެއެވެ. ލޭހިނގުމުގެ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ލޭދައުރުވުމުގެ ސްޕީޑްވެސް ކޮންޓްރޯލްކޮށްދެއެވެ.

ދަނޑިއަލުތްވަކީ ހައްދަން އެންމެ ފަސޭހަ އެއްބާވަތެވެ. ބިމަށް ދަނޑިކޮޅެއް ހަރާލުމަށްފަހު ރޯވަންދެން ފެންފޮދެއް ދިނުމުން ފުދުނީއެވެ. ވިއްސާރަ މޫސުމުގައި އިންދުމުން ފެންދޭން ނުވެސް ޖެހޭނެއެވެ. މޫސުންދާއިރު އިންނާނީ ރޯވެފައެވެ. ރޯވުމުން އަމިއްލައަށް ހެދިބޮޑުވާނެއެވެ.

އަދި ވިޔަފާރިއަކަށް ބެލިނަމަވެސް ދަނޑިއަލުވި ރޮލަށް ވިއްކައިގެންވެސް ރަނގަޅު އާމްދަނީ ހޯދެއެވެ. މީގެ އަހަރުތަކެއްކުރިން ރާއްޖޭގައި ދަނޑިއަލުވި ގިނަ ނަމަވެސް މިހާރު ވަރަށް މަދެވެ. ގިނައިން އެތެރެކުރަނީވެސް ބޭރު ޤައުމުތަކުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް