އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ލާ ފޭރާމާ ޖަހާ ސެންޓާ އޮފީސްކުދިން ނުވަތަ އެހެން ބައަކު ނަމަވެސް ބެހޭނަމަ ކަންތައްކުރަން އޮތް ގޮތް!

ތިބާ ލާ ފޭރާމާ ޖަހާ ސެންޓާ އޮފީސްކުދިން ނުވަތަ އެހެން ބައަކު ނަމަވެސް ބެހޭނަމަ ކަންތައްކުރަން އޮތް ގޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ވަރަށް ގިނައިން ކުރިމަތިވާ ކަމެއް ފާހަގަކޮށްލާނަމެވެ.  

އޮފީސްތަކަށް ވަޒީފާއަށް ގޮސްއުޅޭ އަންހެންކުދިންގެ ތެރެއިން އެއްބައިކުދިންނަށް ކުރިމަތިވާ މައްސަލައަކީ އެކުދިން އަގުބޮޑުފޭރާން ލައި އަދި އަގުބޮޑު ސެންޓްޖަހާތީ އެކުދިންނަށް ނުރި ބަސްބުނެވެ. ސިއްރުން ފާޑުފާޑުގެ ވާހަކަތައް ދެއްކުމެވެ. އެގޮތަށް ވާހަކަ ދައްކަމުންގޮސް ދޮގު އިލްޒާމްތައްވެސް އަޅުވައެވެ.  

ވިސްނާށެވެ! އޭނާ އެތަކެތި ހޯދީ އަމިއްލަ ތަނަވަސްކަމުން ނަމަވެސް ނުވަތަ ޙައްޤު ނޫން ގޮތުގައި ނަމަވެސް އެކަން އޮތީ އޭނާއަށެވެ. އެކަމާއި ބެހޭކަށް ނުޖެހެއެވެ. ބެހޭނަމަ ބެހެންވާނީ ހެޔޮ ނަޞީޙަތް ދިނުމަށެވެ. ޣީބަބުނުމަކީ އެންމެ ބޮޑު އެއް ފާފައެވެ.  

އަނެއްބައި ކުދިންނަށް ފާޑުކިޔަނީ ލައިއުޅޭ ފޭރާމުގެ ފެންވަރު ދަށްވެގެންނެވެ. އަގުބޮޑު ފޭރާން ނުލާތީއެވެ. އަގުބޮޑު ސެންޓް ނުޖަހާތީއެވެ.  

ކޮންމެ ކުއްޖަކުވެސް ރީތިވެގެން ހުންނަން ބޭނުންވާނެއެވެ. އޮފީހަށްދާން ބޭނުންވާނީ ރީތިވެގެން ހުރެއެވެ. އެކަން ނުކުރެވޭނަމަ އެނގިގެންދަނީ އޭނާގެ ހުރި ނިކަމެތިކަމެވެ. ނިކަމެތިކަމަސް ފުރައްސާރަކުރުމަކީ ބޮޑުފާފައެކެވެ. ތިމާއަށް މާދަމާ އުޅެންޖެހޭނެ ޙާލަތު އެނގެނީހެއްޔެވެ؟  

މި 2 ޙާލަތުގައިވެސް މިކަންކަމަށް އޮތް އެއްގޮތަކީ އަދި އެންމެ ރަނގަޅު ގޮތަކީ އަޅައިވެސް ނުލައި ހުރުމެވެ. އަޅާނުލައި ހުރުމަކީ އެކަމަށް ނުވިސްނައި ހުރެވުމެވެ. ރައްދު ނުދިންނަމަވެސް އެކަންކަމަށް ވިސްނޭނަމަ އެއޮތީ އަޅައިލެވިފައެވެ. އެންމެފަހުން މެދުވެރިވާނެ ކަމަކީ ވިސްނަމުން ގޮސް ނަފްސާނީ ގޮތުން ބަލިކަށިވުމެވެ. އެޙާލަތަށް ވެއްޓިގެން ނުވާނެއެވެ.  

އެފަދަ ވާހަކަތައް ދައްކާކަން އެނގި ކަންބޮދުވާނަމަ ކުރިމައްޗަށް އަރާށެވެ! ސުވާލުކުރާށެވެ! އަހުރެންލާ ފޭރާމާއި ޖަހާ ސެންޓާއި ނުވަތަ ސެންޓް ނުޖެހުމާއި ކަލޭމެންނާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެކަމުން ކަލޭމެންނަށް ވަނީ ކޮން އުނދަގުލެއް ހެއްޔެވެ؟  

ތިމާއާއި ގުޅުންހުންނަ ކަންކަމުގައި މީހުން މެދުވެރިކޮށް ސުވާލުނުކުރާށެވެ! ކުރިމައްޗަށް އަރައި އަމިއްލައަށް ސުވާލުކުރާށެވެ! އެއިރުން އެމީހުންގެ ސަބަބުން ތިބާގެ ހިތްވަރު އެލިގެން ނުދާކަމާއި ތިބާހުރީ ޘާބިތުކަންމަތީގައިކަން އެމީހުންނަށް ރަނގަޅަށް އެނގޭނެއެވެ.  

މިދިމާވާ އެއް މައްސަލައަކީ ރީތިކޮށް ފޭރާންލުމުން ޙަސަދަވެރިވާކަމެވެ. އަނެއް މައްސަލައަކީ ތިމާމެންނަކީ މާތަނަވަސްބައެއް ކަމަށް ވިސްނި ނިކަމެތިންނަކީ ދަށުދަރަޖައިގެ ބައެއް ކަމަށް ވިސްނުމެވެ. މިދެކަމަކީވެސް ކުރެވޭ ފާފައެކެވެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމެވެ. ވީމާ މި ދެ ކަންތަކަށްވެސް ބިރުވެތިވާންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް