އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން އިނާމުގެ ގޮތުގައިދޭ ޓެސްލާ ކާރު ދައްކާލައިފި

ދިރާގުން އިނާމުގެ ގޮތުގައިދޭ ޓެސްލާ ކާރު ދައްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ދިމާކޮށް "ވިން އަ ޓެސްލާ" މި ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގައި ދޭ އިނާމެއްގެ ގޮތުގައި  ޓެސްލާ ކާރު ދައްކާލައިފިއެވެ.

ދިރާގުންބުނެފައިވަނީ ޓެސްލާ ކާރު ދިނުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ފަރާތްތަކުގެ ގުރުއަތުލުން އޮންނާނީ ބޮޑު ޢީދާއި ދިމާކޮށްކަމަށެވެ.

އެ ކުންފުނީގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވީ މި އިނާމަކީ ރާއްޖޭގައި މިހާތަނަށް ކޯޕަރޭޓް އިނާމެއްގެ ގޮތުގައި ދެވިގެންދާނެ އެންމެ އަގު ބޮޑު އިނާމު ކަމަށެވެ.

"އަޅުގަނޑުމެންގެ ޓެސްލާ މިހާރު މިވަނީ ރާއްޖެ އައިސްފައި، ޓެސްލާ އިނާމަކީ ރާއްޖޭގައި މިހާތަނަށް ދެވޭ އިނާމުތަކުގެ ތެރެއިން ވަރަށް އަގު ބޮޑު އިނާމެއް. އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް އަޅުގަނޑުމެންގެ ކޮންމެވެސް އެއް ކަސްޓަމަރަކަށް މި އިނާމު ލިބިގެންދާނެ. ޓެސްލާ ކާރު މި ދައްކާލި ސަބަބަކީ އަޅުގަނޑުމެންގެ މި ޕްރޮމޯޝަން ވެސް ނިމެން ވަރަށް ކައިރިވެފަ މިއޮތީ، ނިމެން ކައިރިވެފަ އޮތަސް އަދިވެސް މި ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ލިބިގެން އެބަދޭ." ޝާރިހު ވިދާޅުވިއެވެ.

މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕޯސްޓް ޕެެއިޑްގެ 450 އިން ރުފިޔާގެ މަތީގެ ޕެކޭޖުތަކަށެވެ. އަދި ފައިބާ ބްރޯޑް ބޭންޑްގެ 30 އެމްބީޕީއެސްއިން މަތީގެ ޕެކޭޖުތައް ގެންގުޅުއްވާ ފަރާތްތަަކަށެވެ. މި ޕްރޮމޯޝަނަށް ޚާއްސަ ކުރެވިފައިވާ ދިރާގު ޕޯޓަލް winatesla.dhiraagu.com.mv މެދުވެރިކޮށް ރަޖިސްޓަރކޮށްލުމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުގެ ކަސްޓަމަރުންނަށް އަދިވެސް މިކާރު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު