އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދަނީ

ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ފެނަކައިން މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރ ސެޓް ހަލާކުވެ އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

ފެނަކައިން ބުނީ ފުވައްމުލައް ސިޓީއަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައިވާކަމަށެވެ. އެހެންކަމުން އެކި ސަރަހައްދުތަކަށް ޝެޑިއުލްކޮށް ކަރަންޓް ކަނޑަށް ޖެހިފައިވާކަމަށެވެ.

ކުންފުނިން މިވަގުތު މަސައްކަތް ކުރަމުންދަނީ މިކަމަށް އެންމެ އެދެވޭ ޙައްލެއް ގެނައުމަށްކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެގޮތުން އެމަޖެންސީ ޕްރޮކުއަމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި އެ ކުންފުނިން ޚިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލައް ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރިއަށްއޮތް ރަމަޟާންމަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްލުއް ސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް ހޯދުމަށް ހިމަނާފައިވާކަމަށް ފެނަކައިންއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު