އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރުހުން ހޯދަން ފޮނުވި ހުރިހާ ވަޒީރުންގެ އެއްވެސް ޝަރުޠެއް އުނިނުވާކަމަށް ކޮމިޓީން ނިންމުމަށްފަހު ޢަމަލުކުރި ގޮތުން މަގުފަހިވާނީ ފަސާދައަށް! ލިބޭނީ ގެއްލުން!: ޤާސިމް

ރުހުން ހޯދަން ފޮނުވި ހުރިހާ ވަޒީރުންގެ އެއްވެސް ޝަރުޠެއް އުނިނުވާކަމަށް ކޮމިޓީން ނިންމުމަށްފަހު ޢަމަލުކުރި ގޮތުން މަގުފަހިވާނީ ފަސާދައަށް! ލިބޭނީ ގެއްލުން!: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

"މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ޤާނޫން އަސާސީގައި ލިޔެ، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމް ކޮށްފައިވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައެވެ . ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާ ކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭކަމަށް ކޮމެޓީގެ އިއްތިފާގުން ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން 2 ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް ނިންމުމަށް ޤާނޫން އަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިންވިޕް ކުއްލިއަކަށް އަޅައި، ނުހަނު ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމް.ޑީ.ޕީގައި އޮތަތީ، އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ މިބާވަތުގެ ކަންކަމުގެ ނަތީއްޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށެވެ. އަދި އެއީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައާއި، ނުހަނު ބޮޑު ނިކަމެތި ކަމެއްކަމެއްކަމުގައި މެނުވީ ނުވާނެއެވެ. އަދި މިއީ މުސްތަޤްބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަ ޖެހުމާއި ، އުފާފާގަތިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ނޫނީ ނުވެއެވެ. 

އަދިމިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ޤައުމު ފަސާދަވުމަށް މަގުފަހިވެ، ޤައުމުގެ ކުރިއެރުން ހުއްޓިދެއެވެ. އެހެން ކަމުން އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އޮތް ކަން ހާމަކުރަމެވެ. ސްޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުޢޫދު އެތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ޤާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޤަބޫލު ކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ."

- ޤާސިމް އިބްރާހީމް/ ޖުމްހޫރީ ޕާޓީގެ ލީޑަރ، މާމިގިލި ދާއިރާގެ މެންބަރު 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު