އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު
އެމް.އެން.ޑީ.އެފް އެއާ ކޮޕްސް" ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ( އެއަރފޯސް ގެ ޚިދުމަތް) ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަޝްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާޙް ކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަށް ނުހަނު އުފުލާއެކު މަރުޙަބާ އާއި ތަޙްނިޔާ އަރިސްކޮށް ޝުކުރު ދަންނަވަމެވެ.
ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެކެވެ. މިމުހިންމު ބޮޑު މަސްއޫލިއްޔަތު ޢިއްޒަތްތެރި ރައީސް ގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީޚީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަން ކަށަވަރެވެ.
މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއް ކަމަށް އަޅުގަނޑު ދެކެމެވެ. ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް ، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެކެވެ.
މިއީ ޔަޤީނުންވެސް ދިވެހިޤައުމު ތާއަބަދު ފަޚުރުވެރިވާނޭ ޚިދުމަތެކެވެ. އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަމެވެ.
އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ޤައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ޤައުމާއި ގެން ކުރިއަށް ދިއުމަށް މަނިކުފާނު ތިޔަ ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް އަރިސް ކުރަމެވެ.
އަޅުގަނޑުގެ ދުޢާ އަކީ މިފަދަ މުހިންމު މަސައްކަތްޕުޅުތައް ދިވެހި ޤައުމަށް ތަޢާރަފުކޮށް ދެއްވުމަށާއި، އަދި އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި، މަނިކުފާނުގެ ޒަޢާމަތަށް ރޯޝަނީކަމާ، ބާއްޖަވެރިކަން މިންވަރު ކުރައްވާ، ދިގު ޢުމުރުފުޅެއް މަނިކުފާނަށް މިންވަރު ކުރައްވާ، الله ސުބުޙާނަހޫ ވަތަޢާލާ މި ދިވެހި ޤައުމަށް ފަހި ދުވަސްތަކެއް މިންވަރު ކުރެއްވުމެވެ.
އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން މިނިވަން ކަން މަތީ އަބަދުމެ ލަހައްޓަވާށިއެވެ. އާމީން
- ޤާސިމް އިބްރާހީމް / ޖުމްހޫރީ ޕާޓީގެ ލީޑަރު
އެމް.އެން.ޑީ.އެފް އެއާ ކޮޕްސް" ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ( އެއަރފޯސް ގެ ޚިދުމަތް) ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަޝްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާޙް ކޮށްދެއްވީތީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު @MMuizzu… pic.twitter.com/B3TczahANr
— Qasim Ibrahim (@qasimibrahim) March 16, 2024
Advertisement
17 މާޗް 2024