އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ދިރާގަށް ލިބިއްޖެ!

2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ދިރާގަށް ލިބިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ދިރާގަށް ލިބިއްޖެއެވެ. 

2022ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 1.9 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އަހަރު ނިމުނުއިރު، މޯބައިލް ޚިދުމަތްތަކުން 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. އަދި ފިކްސްޑް، ބްރޯންޑްބޭންޑު އަދި އެންޓަޕްރައިސްއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. 

2022ވަނަ އަހަރު ދިރާގުގެ ހިންގުމުގެ ޚަރަދު ހުރީ 1.1 ބިލިއަން ރުފިޔާގައެވެ. އަދި އެ އަހަރު ނިމުނު އިރު ކުންފުންޏަށްވަނީ 909 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް ދިރާގުގެ މާލީ ހިސާބުތައް ދައްކައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް