އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި ވަގުތު ރާއްޖޭގައި އިސްލާމީ ވުޒާރާ ހިންގުމުގެ ތަޢުލީމާއި ތަޖުރިބާއާއި ލަޔާޤަތު އޭގެ އެންމެ މަތީ ދަރަޖައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ޑރ. ޝަހީމު: ޝައިޚް ޝަފީޢު ޢަބްދިﷲ

މި ވަގުތު ރާއްޖޭގައި އިސްލާމީ ވުޒާރާ ހިންގުމުގެ ތަޢުލީމާއި ތަޖުރިބާއާއި ލަޔާޤަތު އޭގެ އެންމެ މަތީ ދަރަޖައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ޑރ. ޝަހީމު: ޝައިޚް ޝަފީޢު ޢަބްދިﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ޑރ. ޝަހީމަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދޭ މެމްބަރުންނަށް ކުރިޔަށް އޮތް އިންތިޚާބުގައި ވޯޓު ނުލުމަށް ރައްޔިތުންގެ ކިބައިން އަޅުގަނޑު އިލްތިމާސްކުރުމުން އެ މެމްބަރުންނަށް ތާއީދުކުރާ ބައެއް މީހުން ޖެއްސުމުގެ ރާގަށް ކުރާ އެއް ސުވާލަކީ ޑރ. ޝަހީމަކީ އިސްލާމްދީން ހޭ، މި ސުވާލެވެ. 

ޖަވާބަކީ ޑރ. ޝަހީމަކީ އިސްލާމްދީނެއް ނޫނެވެ. އެހެނަސް މި ވަގުތު ރާއްޖޭގައި އިސްލާމީ ވުޒާރާ ހިންގުމުގެ ތަޢުލީމާއި ތަޖުރިބާއާއި ލަޔާޤަތު އޭގެ އެންމެ މަތީ ދަރަޖައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ޑރ. ޝަހީމު ކަމާ މެދަކު އެއީ މިތުރުންނާއި ހަތުރުން ވެސް ދެބަސްވާ ކަމެއް ނޫނެވެ. 

ވުމާ އެކު، ތިބާމެންގެ ޒާތީ ޙަސަދާއާއި ތަޢައްޞުބުން ފުރިގެންވާ ރުޅިވެރިިކަމުގެ އަނގުރު އަލިފާނުގައި އިސްލާމްދީނާއި ދިވެހި ރައްޔިތުންނަށް ލިބޭން އޮތް ހެވާއި ލާބައަށް ހުރަސް އަޅައި އަންދައި އަޅިޔަށް ހަދައިލުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ކީއްކުރަން، ރައްޔިތުން މަޖިލީހާއި ރައްޔިތުން ތަމްސީލުކުރާން ޖެހޭ އެއްވެސް ކަމެއްގެ 4 ފޫޓާ ގާތަށް ވެސް ތިބާމެން ކައިރި ނުކުރާން ޖެހޭ ކާފީ ސަބަބެކެވެ.

- ޝައިޚް ޝަފީޢު ޢަބްދިﷲ 

ޝައިޚް ޝަފީޢު ވިދާޅުވެފައިވާ ބަސްފުޅަކީ ޙަޤީޤަތް ޤަބޫލުކުރާ އެއްވެސް ދިވެހިރައްޔިތަކު ދެބަސްވާނޭ ކަމެއް ނޫނެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ނިމިގެންދިއަ އެމްޑީޕީގެ ވެރިކަމުގައި އިސްލާމީ ވުޒާރާ ނުހިންގިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވުމުން ޑރ. ޝަހީމަށް އެކި ގޮތްގޮތުން އެމަޤާމް ފުރުއްވައިދެއްވަން ހުށަހެޅިކަމެވެ.

އެދުވަހުވެސް ހަމަ ޑރ. ޝަހީމެވެ. މިއަދުވެސް ހަމަ ޑރ، ޝަހީމެވެ. ޑރ. ޝަހީމް މިއަދު އިސްލާމީ ވުޒާރާ ހިންގެވުމާއި ޙަވާލުވެވަޑައިގެން ކުރުމުއްދަތެއްގެ ތެރޭގައި (43 މަސްވެސް ނުވަނީސް)  ފާއިތުވި 5 އަހަރު އެމިނިސްޓްރީން ކުރެވިފައި ނެތްވަރަށް މިހާރުވެސް ވަނީ ފަށްޓަވައިފައެވެ. ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ. 

އެހެންކަމަށްވާއިރު މިއަދު ޑރ. ޝަހީމަށް ރުހުން ނުދޭން އެމްޑީޕީގެ ދެ ފިޔަ ގުޅިގެން މަސައްކަތްކުރަނީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ބޭނުންނުވާތީ ކަމާއި އެމްޑީޕީގެ ވެރިކަމުގައި ޑރ. ޝަހީމާއި ވުޒާރާ ހިންގަން ޙަވާލުކުރަން އުޅުނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންކަމާއި އިސްލާމް ދީން ކުރިއަރުވަން ބޭނުންވެގެން ނޫންކަން މިއޮތީ ކިތަންމެ ރަނގަޅަކަށްވެސް ޘާބިތުވާށެވެ.  

މީގެ އިތުރުން މިހައިތަނަށް މަޖިލީހުގައި ތިބެގެން އިސްލާމް ދީނުގެ ވާހަކަ ދެއްކި އެމްޑީޕީގެ ބައެއް މެންބަރުން، އެއިރު އެވާހަކަ ދެއްކިނަމަވެސް އެއީ އިސްލާމް ދީން ކުރިއަރުވަން ބޭނުންވާތީ ނޫންކަން މިހާރުވެސް މިއޮތީ ވަރަށް ރަނގަޅަށް ހާމަވެފައިކަން ފާހަގަކުރެވެއެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު