އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޅު މުޙައްމަދު ރަސްގެފާނު ޤައުމަށް ދިން ގެއްލުން މިއަދުވެސް މިވަނީ ދީފަ! ސަލާމަތްވުން އޮތީ ރައްޔިތުންގެ އަތްމަތީގަ!

ކަޅު މުޙައްމަދު ރަސްގެފާނު ޤައުމަށް ދިން ގެއްލުން މިއަދުވެސް މިވަނީ ދީފަ! ސަލާމަތްވުން އޮތީ ރައްޔިތުންގެ އަތްމަތީގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ޕާކިސްތާނުން މިފެންނަ ކަންކަމާއިމެދު އަޅުގަނޑުމެންވެސް ފުންކޮށް ވިސްނަން މިވަނީ ޖެހިފައެވެ. ޕާކިސްތާނަށް ކުރިމަތިވެގެން އުޅޭ ޙާލަތު ރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައެވެ. ޕާކިސްތާނަށް ދެވުނު ޙަމަލާތައް ރާއްޖެއަށްވެސް ދެމުން އެބަ ގެންދެއެވެ. 

ކަޅު މުޙައްމަދު ރަސްގެފާނު ރާއްޖެއަށް ދިން ބޮޑު ގެއްލުން މިއަދުވެސް މިއޮތީ ދީފައެވެ. ސަލާމަތްވެވެން އޮތީ ރައްޔިތުން އެކަންކަމަށް ހޭލުންތެރިވެގެންނެވެ. ދީނާއި ޤައުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް ޤުރްބާންވެގެންނެވެ. 

"ބަލަ ކަލޭމެން ޑރ. މުޢިއްޒަށް ތިއަ ތާއީދުކުރަނީ ޕާކިސްތާނަށްވީ ގޮތް ނުފެންނަނީތަ؟ ހަމައެހެން ހަދައިލާނީ! 6 މަސްތެރޭ ވެރިކަން ވައްޓާލާނަން! މިގެންދަނީ އެކަމަށް ތައްޔާރުވަމުން!" ކަމަށް ބުނެ އިންޒާރުދިން މީހުންނަށް ބުނެލަން އޮތީ ޕާކިސްތާނަށްވީގޮތް ފެނިއްޖެ ހެއްޔެވެ؟ 

ބުނެލަން އޮތީ ބޮޑުވަޒީރު އިމްރާން ޚާން މަޤާމުން ދުރުކޮށް ޖަލަށް ލެއްވުމުން ކަލޭމެން ބޭނުންވި ކަންތައްތައް ޙާޞިލްވެއްޖެހެއްޔެވެ؟ ދުނިޔޭގެ ދަހިވެތިކަމާއި އަމިއްލަ އެދުން އިންތިހާއަށް ބޮޑުވެ ޤައުމަށާއި ދީނަށް ޙަރާންކޯރުވާ ބައަކު އަބަދުވެސް އުޅޭނެއެވެ. މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ބައެއް ފަހަރު އަނިޔާވެރިންނަށް ކޮންމެވެސް މިންވަރެއްގެ ކުރިއެރުމެއް ދެއްވަވައެވެ. ނަމަވެސް ވަޤުތު ޖެހުމުން "ހުޅީގައި" ހިއްޕަވައި ފަހަތަށް ގެންނަވައެވެ. މިއީ އަބަދުވެސް މީސްތަކުންގެ ލޯތަކަށް ﷲ ތަޢާލާ ދައްކަވަމުން ގެންދަވާ ކަންކަމެވެ. 

ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ތާއީދުކުރަނީ އެމަނިކުފާނުގެ ނަންފުޅަކަށް ނޫނެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އަދި އަޅުގަނޑުމެންގެ ދީން ޙިމާޔަތްކުރައްވަން ކުރައްވާ މަސައްކަތްޕުޅުތަކަށެވެ. 

ރާއްޖޭގެ ތާރީޚުން ފެންނަން އޮތް އެންމެ ނުބައި ނުލަފާ އެއް ޚާއިނަކީ ކަޅުމުޙައްމަދު ރަސްގެފާނުކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދުވަނީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ބަޔާންކޮށްދެއްވަވައިފައެވެ. ޤައުމާއި މުޚާޠަބް ކުރައްވަވައި ދެއްވި ޚިޠާބުގައެވެ. 

އެއިގެ ފަހުން ފައުޅުވި ޙަސަން ތާޖުއްދީންގެ 2 ދަރިންނާއި ނޮވެމްބަރު 3 ގެ މޭސްތިރިން ކަމުގައިވި ޣައްދާރުންގެ އަނިޔާވެރިކަމުން ދިވެހި އުންމަތް ސަލާމަތްކުރެއްވެވީ ހަމަ ﷲ ތަޢާލާއެވެ. ހިތްވަރުގަދަ ދިވެހި އަބްޠޯލުންގެ މަސައްކަތުގައި ބަރަކާތް ލެއްވެވިއެވެ. 

ކަޅު މުޙައްމަދު ހޮޅީންނަށް ހަދިޔާކުރީ ރާއްޖޭގެ ބައެއް ރަށްތަކާއި ކަނޑުގެ ސަރަޙައްދެވެ. ކަނޑުގެ މުއްސަނދިކަމެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލުވާލައި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ގެއްލުމެއް ދިން މީހުންގެ ކަޅުކަން ކުޑައެއް ނޫނެވެ. ރާއްޖޭގެ ރަށްތަކާއި ކަނޑުގެ ސަރަޙައްދުގެ ބާރުތައް ރާއްޖެއަށް ގެއްލިގެންދާނެ ގޮތަށް ކަންކަން ކުރި މީހުންގެ ކަޅުކަން މާގަދައެވެ.   

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓުދެއްވާއިރު ކޮންމެ ރައްޔިތަކުވެސް މިކަންކަމަށް ވިސްނަވަން ވާނެއެވެ. އެބައެއްގެ ނުބައިނުލަފާކަމާއި ޣައްދާރުކަން ބޮޑުވެ އެބައެއްގެ ހިތްތައް ކަޅުކުރައްވަވާފައިވާ މީހުން ކަނޑައެޅިގެން އެނގޭއިރު އެމީހުންގެ އެނުބައިކަމުން ރާއްޖެ ޢާއި ރައްޔިތުން އަދި އިސްލާމްދީން ސަލާމަތްކުރަން މަސައްކަތް ކުރުން ހިމެނިގެންދާނީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުން ކަމުގައެވެ. 

ދުނިޔޭގެ އެދުމަށް ދަހިވެތިވެ އެކަޅުކަން ގަދަ މީހުންނަކީ ހުދުކާފޫރަށްވުރެ ހުދު ބައެއްކަމަށް ވަކާލާތުކުރި މީހުންގެ ކަޅުކަންވެސް ކުޑައެއް ނޫނެވެ. ދުލި ބަދަލުކޮށްގެން މިއަދު ރައްޔިތުންބެ ބޮލަށް ޗިޕްޖަހަން ކުރާ މަސައްކަތްތަކަށް ނޫނެކޭ ނުބުނެ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށް ނުވެވޭނެއެވެ! 

ޔާ ރައްބު! އަޅަމެންގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އަށެވެ! ނަރަކައިގެ އަލިފާނުގެ ކަޅުކަން ގަދަކުރައްވަވައި ކަޅުއަނދިރި ތަނެއް ކަމުގައި ނަރަކަ ލެއްވެވީ އިނބަ ﷲ އެވެ. ދިވެހި އުންމަތަށް ފައުޅުވެގެން މިއުޅޭ ކަޅުކަންގަދަ ޚާއިނުންގެ މައްޗަށް އަޅަމެންނަށް ނަޞަރުދެއްވަވާނދޭވެ!" އާމީން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް