އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. 

އަލަށް ހިއްކި ސަރަހައްދު ތަރައްގީކުރަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް ހިއްކި ސަރަހައްދުން ބޮޑު ބިމެއް ވަނީ ޚާއްސަކޮށްފައެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނޭ ކަމަށް އެޗްޑީސީން މީގެކުރިންވަނީ ހާމަކޮށްފައެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު