އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުޚްރުފް ސޫރަތުގައިވާ ބައެއް ވާހަކަ 4

ޒުޚްރުފް ސޫރަތުގައިވާ ބައެއް ވާހަކަ 4


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 36 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

· މުޝްރިކުންގެ އަޤީދާގެ ބާޠިލުކަމުގެ ވާހަކަ: 

ﷲ ތަޢާލާ ޒިޚްރުފް ސޫރަތުގެ 15 ވަނަ އާޔަތުން 19 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا ۚ إِنَّ الْإِنسَانَ لَكَفُورٌ مُّبِينٌ ﴿١٥﴾‏ أَمِ اتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَاكُم بِالْبَنِينَ ﴿١٦﴾‏ وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿١٧﴾‏ أَوَمَن يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ ﴿١٨﴾‏ وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ إِنَاثًا ۚ أَشَهِدُوا خَلْقَهُمْ ۚ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ ﴿١٩﴾‏

މާނައީ: "އެއުރެން (އެބަހީ: كافر ވި މީހުން) އެކަލާނގެ އަޅުންގެތެރެއިން ބަޔެއް، އެކަލާނގެ ދަރިންކަމުގައި ހެދޫއެވެ. ހަމަކަށަވަރުން (މިކަންކުރާ) އިންސާނާއީ، ފާޅުވެގެންހުރި كافر ކަންބޮޑު މީހެއްކަން ކަށަވަރެވެ. (15) ނުވަތަ އެކަލާނގެ ހެއްދެވި ތަކެތީގެތެރެއިން އެކަލާނގެ ذات ފުޅަށް އަންހެންދަރިން ހިއްޕަވައި، ތިޔަބައިމީހުންނަށް ފިރިހެންދަރިން خاص ކުރެއްވި (ކަމަށް ހީކުރަނީ) ހެއްޔެވެ؟ (16) رحمن ވަންތަ ރަސްކަލާނގެއަށް އެއުރެންގެ މީހަކު نسبة ކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ خبر އެމީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާޔަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. (17) އަދި (اللَّه އަށް އެއުރެން އެ نسبة ކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު حجّة ބަޔާން ނުކުރެވޭ މީހެކެވެ. (18) އަދި رحمن ވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكة ންނަކީ، އަންހެން ބަޔެއް ކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكة ން ހެއްދެވިއިރު، އެއުރެން حاضر ވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުށްޓެވެ. އަދި (آخرة ދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ. (19)" 

· މުޅި ދުނިޔެ ލިބުމަސްވުރެވެސް ﷲ ތަޢާލާގެ ރަހްމަތް ލިބިއްޖެނަމަ ކުރާނެ ފައިދާ މާބޮޑުކަން: 

ﷲ ތަޢާލާ ޒުޚްރުފް ސޫރަތުގެ 31 އަދި 32 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَقَالُوا لَوْلَا نُزِّلَ هَٰذَا الْقُرْآنُ عَلَىٰ رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيمٍ ﴿٣١﴾‏ أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ ﴿٣٢﴾‏

މާނައީ:  "އަދި حق ފޮތް (އެބަހީ: ކީރިތި قرآن) އެއުރެންގެ ގާތަށް އައިހިނދު، އެއުރެން ބުނޫއެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، އެއަށް كافر ވެގެންނެވެ. (30) އަދި އެއުރެން ބުނޫއެވެ. އެ ދެރަށުގެ (އެބަހީ: مكة އާއި، طائف ގެ) މީހުންކުރެ، މާތްމީހަކަށް މި قرآن ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ (31) ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ. (32)"

 

Advertisement

ކޮމެންޓް ކުރެއްވުމަށް