އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާން ޚަޠީބުންނާ ޒުވާން އިމާމުން އުފެއްދެވުމަކީ ޑރ. ޝަހީމް ވަރަށް ކުރިންސުރެ ދެކެވަޑައިގެންނެވި ހުވަފެނެއް!

ޒުވާން ޚަޠީބުންނާ ޒުވާން އިމާމުން އުފެއްދެވުމަކީ ޑރ. ޝަހީމް ވަރަށް ކުރިންސުރެ ދެކެވަޑައިގެންނެވި ހުވަފެނެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ޒުވާން ޚަޠީބުންނާ ޒުވާން އިމާމުން އުފެއްދެވުމަކީ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަރަށް ކުރިންސުރެ ދެކެވަޑައިގެންނެވި ހުވަފެނެކެވެ. އެހުވަފެނުގައި ޙަޤީޤީ ކުލަ ޖައްސަވަން މިއަދު މަސައްކަތް ފެށްޓެވުމުން ސިޔާސީ ޙަމަލާތައް އަމާޒުކުރަނީ ޙަޤީޤަތް ނުއެނގޭތީ ނުވަތަ ޙަޤީޤަތް އެނގިތިބި ނަމަވެސް ޤަބޫލުކުރަން ބޭނުން ނުވާ މީހުންނެވެ. 

އެކަމަށް ޘާބިތު ހެކި ފެންނަން އެބަހުއްޓެވެ. ތިރީގައިވާ ލިޔުން ހެއްކަކަށް ފުދޭނެއެވެ. ތިރީގައިވާ ލިޔުމުގައިވާ ބަސްފުޅަކީ މީގެ 3 އަހަރުވަރުކުރިން ވިދާޅުވެފައިވާ ބަސްފުޅެކެވެ. ދުޢާއަކީ އިސްލާމް ދީނަށް ނަޞްރުދިނުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައިވެސް ބަރަކާތް ލެއްވެވުމެވެ. އާމީން.  

ބާލިޣްވެފައިވާ ކުޑަކުދިންނަށް އިމާމްވެ ނަމާދުކުރުމުގެ ފުރުޞަތު ދިނުމަކީ ރަނގަޅުކަމެއް!: ޝަހީމް 

ނަމާދުގެ ޙުކުމްތައް ދަންނަ ޝަރުޢީ ގޮތުން ބާލިޢުވެފައިވާ 13-15 އަހަރުގެ ކުދިންނަށް އިމާމުވެ ނަމާދު ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު  ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ބައެއް އިމާމުންނަށްވުރެ ރީތިކޮށް ކިޔަވާކުދިން އެބަ ތިބިކަމާއި ރީތިކޮށް ބަންގިގޮވާ ކުދިން އެބަ ތިބިކަމާއި އެފަދަ ކުދިންނަށް ބަންގިގޮވައި ނަމާދުކުރުމަށް ފުރުޞަތު ދިނުމަކީ އެކުދިން ބޮޑެތިވެ އިމާމުންނަށްވުމުގެ ފުރުޞަތު ބޮޑުކަމެއްކަން އިސްލާމިކް މިނިސްޓްރީއަށް ޤަބޫލު ނުކުރެވިގެން އޅޭ ވަގުތެއްގައެވެ. 

ޑރ. ޝަހީމް ވަނީ އެފަދަ ކުދިންނަށް ފުރުޞަތުދޭން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް