އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްދޯނިތަކަށް ސިފައިން އެރި މައްސަލާގައި ކަންހިގަފައިވާގޮތް އޮޅުން ފިލުވުމަށް ޣައްސާން ކޮމިޓީއަށް ހާޒިރުކުރަނީ

މަސްދޯނިތަކަށް ސިފައިން އެރި މައްސަލާގައި ކަންހިގަފައިވާގޮތް އޮޅުން ފިލުވުމަށް ޣައްސާން ކޮމިޓީއަށް ހާޒިރުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނި ތަކަށް އެރި މައްސަލައިގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

އައްސާނު ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިގޮތުން އެ ކޮމިޓީން ވަނީ ޣައްސާން ކޮމިޓީއަށް ހާޒިރުކޮށް ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް ނިންމާފައެވެ.

މި މައްސަލައިގައި މީގެ ކުރިން ވަނީ ޣައްސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް ނިންމާފައެވެ. މިގޮތަށް ހުށައަޅާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ތިން ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ ޢަސްކަރިއްޔާގެ ސިފައިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ އަރާފައެވެ. މި ތިން ދޯންޏަކީ އަސުރުމާ 3، ނިރު 7 އަދި މާހޯރަ 3 ދޯންޏަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ފަހުން، މިމަހުގެ 2 ވަނަ ދުވަހުވެސް އިންޑިއާ ސިފައިން "މާހޯރަ 3 ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ސަރުކާރުން ވަނީ ހަތިޔާރުއެޅި އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަރައި، ދިވެހި މަސްވެރިންނާއި ކުރިމަތިލި މައްސަލާގައި، ކަން ހިނގައިދިޔަ ގޮތް ލިޔުމުން ފޮނުވުމަށް އިންޑިއާގައި އެދިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު