އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ބަލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވައިލުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަަލައިގަނެ، އެބިލް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެބިލް ބަލައިގަތުމާއި ގުޅޭ ގޮތުން މަޖިލީހުަގައި މިއަދު ނެގި ވޯޓުގައި ބިލް ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ، 36 މެމްބަރުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ޤާނޫނު ނަންބަރު 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު) އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމެވެ. މިބިލްގެ ފުރަތަމަ ކިޔުން، 28 ޑިސެމްބަރުގައި އޮތް ޖަލްސާގައި ކުރިޔަށް ގެންދަވާފައި ވާއިރު، ބިލްގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދަވާފައި ވަނީ، މި ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީގުގެ ޖަލްސާގައެވެ.

އެދުވަހު، ބިލު މަޖިލީހަށް ހުށައަޅުއްވައި ދެއްވަމުން، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނަކީ، މިހިނދަށް ބޭނުމެއް އޮތް ޤާނޫނެއް ނޫން ކަމަށެވެ. އެޤާނޫނު އުވާލުމަށް ހުށައަޅުއްވަނީ އެހެންވެ ކަމަށާއި، ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގައި، އޮންނަ ގޮތުން ސުވާލު ކުރުމުގެ ބާރު ދީފައި އޮންނަނީ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކަމުގައިވެސް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަކީ، ހަމައެކަނި ވަޒީރުންކަމުގައި ނުވާތީ، އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމުގައި ސަލީމް ވަނީ އެދުވަހު ވިދާޅުވެފައެވެ.

ޤާނޫނު ނަންބަރު 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު)އަކީ، 2008 ވަނަ އަހަރު ތަސްދީޤު ކުރެވި ޢަމަލުކުރެވެމުން އަންނަ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ކުރިން ފާސްކޮށްފައި އޮތް ޤާނޫނެކެެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު