އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޮވެރިން ފަންޑު"ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ސޮވެރިން ފަންޑު"ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ބިލު "ސޮވެރިން ފަންޑު"ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްއެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަ ކުރައްވާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މޫސާ ސިރާޖު ވިދާޅުވީ ހާއްސަ އިސްކަމެއް ދީގެން އެ ބިލު ހުށަހެޅުމުން ޔަގީންވަނީ މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާނެކަން ކަމަށެވެ.

ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަކީ ސަރުކާރުން ނަގާ ބޮޑެތި ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން، 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފައްދާފައިވާ ސޭވިން ފަންޑެކެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު އެ ފްންޑުގައި 250 މިލިއަން ޑޮލަރު ހުއްޓެވެ.

ސޮވެރިން ފަންޑުގައި ފުރަތަމަ ޑޮލަރުން ފައިސާ ބަހައްޓަމުން ދިޔަނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ފަންޑުގައި ހުރި ޑޮލަރުތައް ނިމިދިޔަ ސަރުކާރުން ވަނީ ދިވެހި ރުފިޔާއަށް ބަދަލުކޮށްފައެވެ. އެއާއެކު އެ ފަންޑުގައި ވެރިކަން ބަދަލުވިއިރު ހުރީ ދިވެހި ފައިސާއެވެ.

އެހެން ނަމަވެސް މި ސަރުކާރުން، ސޮވެރިން ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ މި ސަރުކާރުގެ 14 ހަފްތާގެ ތެރޭގައި ކުރުމަށް އަމާޒުކޮށްފައިވާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު