އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުން މެންބަރުން ގުނާ ގޮތަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު: ސުޕްރީމް ކޯޓު

މަޖިލީހުން މެންބަރުން ގުނާ ގޮތަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު: ސުޕްރީމް ކޯޓު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ރައްޔިތުންގެ މަޖިލީހުން މެންބަރުން ގުނާ ގޮތަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގާނޫނީ އަސާސީގައިވާ ގޮތުން ރައީސާއި ނާއިބު ރައީސް މަގާމުން އަޒުލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. މި ދައުރުގައި ރައްޔިތުން މަޖލީހުގެ 87 ދާއިރާ އޮންނައިރު އެއީ 58 މެމްބަރުންގެ ވޯޓްވެެ. 

މި ސަރުކާރު ވެރިކަމާއި ހަވާލުވެ މަޖްލީހުގެ ތިއްބެވި ބައެއް މެމްބަރުން ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރުމުން މަޖިލީހުން 7 ގޮނޑިއެއް ހުސްވިއެވެ. އެއާއި އެކު މަޖލީހުން ވަނީ ރައީސްއާ ނައިބު ރައީސް މަގާމުން ދުރުކުރުމަށް އޮތް މާއްދާއަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައި ބުނަނީ އެފަދަ ވޯތެއް ނަގާއިރު މަޖިލީހުގެ އަދަދު ގުނާނީ މަޖިލީހުން ހުސްވި ދާއިރާތައް ނުގުނާކަމަށެވެ. 

މި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.

މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އެންމެ މެންބަރަކަށް ނިސްބަތްވާ ގޮނޑިއެއް ނޫން ކަަމަށާއި އެ ގޮނޑީގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށް ހުކުމްގައިވެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ ރައްޔިތުންގެ ބާރު ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނީ ރައްޔިތުން މަޖލީހުން ވަކިވި މެމްބަރުން ނުލާ މަޖިލީހުގެ އަދަދު ގުނުމަކީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެމްބަރުންގެ އަދަދި ކަނޑައަޅާ އުސޫލަށާއި 72 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތަށާއި 26 ވަނަ މާއްދާގެ ނގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިންގެ ކަންތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި އަދި 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާއި ހިލާފުކަމެއްކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު