އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރީއަތްތަކުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔާ ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވައިފި

ޝަރީއަތްތަކުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔާ ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފްކުރާ ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރއެއް ކަމަށްވާ "ކޭލި" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އެ ސޮފްޓްވެއާ ލޯންޗްކޮށް ދެއްވީ އެކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފެރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ.

މައްސަލަތަކުގެ އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް، މަހުޟަރު ބަޔާންތައް ގޮތުގައި މިހާރު ލިޔަނީ އަޑުއެހުން ރެކޯޑުކޮށް، އިދާރީ މުވައްޒަފުން އެ ރެކޯޑިންތައް އަޑުއަހައިގެނެވެ. އަދި އެކަމަށް ފަސް 5-7 މިނެޓާ ދެމެދުގެ ރެކޯޑިިންއެއް މެނުއަލްކޮށް ޓައިޕް ކުރަން އާންމު ގޮތެއްގައި ބައި ގަޑިއިރު ހޭދަވެ އެވެ.

އެހެންވެ އެކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރަން ނިންމީ 2021، ގަ އެވެ.

އެގޮތުން ތިން އަހަރުގެ ތެރޭގައި ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން ތައްޔާރުކުރި "ކޭލި" ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާ އެކީ ވާހަކަތަކުގެ ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވާނެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ދެން ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔައީ ކަމަށެވެ. އަދި، ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަޙްޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް ވެސް އެދެވޭ ހައްލެއް ހޯދުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ