އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
އެއަރ އެމްބިއުލެންސްގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށިން ހާލުދެރަ ބަލި މީހަކު މާލެއަށް ގެނެސްފިއެވެ.
މިކަމާގުޅެން ހެލްތު މިނިސްޓްރީން ބުނެފައިވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ޓީމުން ފުރަތަމަ އިމަޖެންސީ މެޑިކަލް އިވެކުއޭޝަން ކާމިޔާބުކަމާއެކު ނިންމާލައި، ހާލުދެރަ ބަލިމީހަކު އެއާ އެމްބިއުލާންސް މެދުވެރިކޮށް ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން މާލެއަށް ގެނެސްފައިވާކަމަށެވެ.
Maldives Emergency Medical Service Team has successfully completed its first emergency medical evacuation, transferring a critical patient via Air Ambulance from Kulhudhuffushi City Airport to Male’.@MaldivianAero @MACLmedia pic.twitter.com/a4esO1Dtyx
— Ministry of Health (@MoHmv) March 2, 2024
މިއަދު މިހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށާއި މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
Advertisement
2 މާޗް 2024