އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ދޫކޮށްފައިހުރި ބިންތަކުގެ މަޢުލޫމާތު ޢާއްމުކުރާނަން: ފަޒުލް

ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ދޫކޮށްފައިހުރި ބިންތަކުގެ މަޢުލޫމާތު ޢާއްމުކުރާނަން: ފަޒުލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ނުހައްގުން ދޫކޮށްފައިހުރި ބިންތަކުގެ މަޢުލޫމާތު ޢާއްމުކުރަށްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ، ކުރީ ސަރުކާރުން "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭން ވިޔަފާރީގެ އުސޫލުންނާއި، ނުހައްގުން 50 ބިން ދޫކޮށްފައިވާ ކަމަށެވެ.

އަދި އެކަމުގެ ޙަޤީޤަތް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވާނެ ކަމަށާއި، ނުހައްގުން ބިންތައް ލިބުނު ފަރާތްތަކުގެ ނަންތައް ވެސް އާންމު ކުރަށްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"ހުޅުމާލޭގެ ދެ ފޭހުން، ކީއްކުރަންތޯ ނުހިއްކައި އޮތް ތަނުންވެސް ގާތްގަނޑަކަށް ފަންސާހަކަށް ބިން މިއޮތީ އެކިއެކި މީހުންނަށް ދީ ޚަލާސްކޮށްލާފައި." ފަޒުލް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފަޒުލް އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅާއި، ތިލަފުއްޓާއި، ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި، ނަމަވެސް ހާލަތާއި ގުޅޭގޮތަށް މަސައްކަތްތައް ތަރުތީބު ކޮށްލަށްވާފައި ވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު