އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ފޭސް 2 ގައި ބިނާކުރެވޭ ދާއިމީ މިސްކިތް ތަކުގެ ތެރެއިން އެއް ފަހަރާ ފަނަރަ ސަތޭކަ މީހުންނަށް ނަމާދު ކުރެވޭ ބޮޑު މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ- އިން ޝާ ﷲ

ހުޅުމާލެ ފޭސް 2 ގައި ބިނާކުރެވޭ ދާއިމީ މިސްކިތް ތަކުގެ ތެރެއިން އެއް ފަހަރާ ފަނަރަ ސަތޭކަ މީހުންނަށް ނަމާދު ކުރެވޭ ބޮޑު މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ- އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ހުޅުމާލެ ފޭސް 2 ގައި ބިނާކުރެވޭ ދާއިމީ މިސްކިތް ތަކުގެ ތެރެއިން 1500 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތް، މަސްޖިދް ހަސަން އާދަމް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އިންޝާ ﷲ ހުޅުވާނެ ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މިމިސްކިތް ހުޅުވުމުން ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. 

މިމިސްކިތަކީ އަމިއްލަ ފަރާތަކުން ﷲ ތައާލާއަށްޓަކައި ބިނާކުރި މިސްކިތެކެވެ. މިސްކިތް ހުންނާނީ އޭސީވެސްކޮށްފައެވެ. މިސްކިތް ބިނާކޮށްފައިވަނީ 2 ވަނަ ފޭސްގެ ބްރިޖް ހުރަސްކޮށް ކުރިއަށް ގޮސް އަދީލްޖަލީލް މިސްކިތް ފަސްދީ ތަންކޮޅަކަށް ކުރިއަށްދާއިރުގައެވެ. 

މިސްކިތް މިހާ ފުރިހަމައަށް ބިނާކޮށްދިން ފަރާތުން ކުރި ހޭދަ ޤަބޫލުފުޅުކުރައްވަވައި އެމީހުންގެ މަސައްކަތުގައި ބަރާތް ލައްވަވާށި! އާމީން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް