އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އިފްތިތާހުކޮށްފި

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އިފްތިތާހުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

2024ގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފްތިތާހު ކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ގޭމާސް ލޭންޑް އިފްތިތާހުކޮށްދެއްވީ އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިންގ ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީ.އޭ.އެފް.ސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލް ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާ އެވެ.

މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓަ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފިސް، އިންޓަ ރިސޯޓު މުބާރާތްތައް ހިމެނޭ ކަމަށް އުރީދޫ އިން ބުނެ އެވެ.

މި ހަރަކާތާއި ގުޅޭގޮތުން، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު ވިދާޅުވީ، އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއްކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައްވެސް އުރީދޫން ފަހިކޮށްދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކަން ޒުވާނުންނަށްވެސް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށްވެސް ޔަގީންވާނެކަމަށް ޔޫތް މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫއިން އަބަދުވެސް ބަލަމުން ދަނީ އީޖާދީ އަދި ކަސްމަރުންނާއި ގުޅިގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށްކަމަށެވެ. މިއަހަރު މި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް މަސައްކަތްކުރަމުންދާކަމަށް އޭނަ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. މިއަހަރު "އަލްޓިމޭޓް ޕްލޭޔަރ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލާނެކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

"އަލްޓިމޭޓް ޕްލޭޔަރ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވާ ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު