އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރު ޗައިނާއަށް 2 މިލިއަން ޑޮލަރުވެސް ދައްކާކަށް ނުޖެހޭ!: ސަފީރު

މިއަހަރު ޗައިނާއަށް 2 މިލިއަން ޑޮލަރުވެސް ދައްކާކަށް ނުޖެހޭ!: ސަފީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ފޮތްތައް ބައްލަވައިލެއްވިއިރު މިއަހަރު ރާއްޖެއިން ޗައިނާއަށް ދައްކަންޖެހެނީ 1،719،535 ޑޮލަރުކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލީޒީންގ ވިދާޅުވެއްޖެއެވެ. 

ސަފީރު ވިދާޅުވީ ޅުމާލެ ފޭސް 2 ގައި އެޅި 1530 ހައުންސިންގ ޔުނިޓަށް ދައްކަންޖެހޭ 2،375،00 ޑޮލަރަކީ ޗައިނާއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށާއި އެއީ ޗައިނާގެ ސީޑީބީއަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އަދި ސްޓެލްކޯ މަޝްރޫޢުގެ ފައިސާ ދައްކަން ފަށަންޖެހޭނީ 2021 ވަނަ އަަހަރުގެ މެދުތެރޭގައި ކަމަށެވެ. 

ކުރިއަށް އޮތް 2 ހަފްތާތެރޭ ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ޗައިނާއާއިމެދު އަބަދުވެސް ދޮގު މައުލޫމާތު ހާމަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް މި ޙަޤީޤަތްތައް ސަފީރު ހާމަކުރެއްވުމުން ރައީސް ނަޝީދު މިހާރު ވަނީ އިތުރުފުޅު ހެއްދެވިކަމަށް އިޢްތިރާފްވެވަޑައިގެންފައެވެ. 

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފައިސާ ދައްކަން ފަށަން 2 އަހަރު ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ރައީސް ނަޝީދު އެކަން ހާމަކުރެއްވުމުން ސަފީރު ވިދާޅުވެފައިވަނީ އެކަމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ރާއްޖޭގެ އިޤްޠިޞާދަށް ޗައިނާއިން އެހީތެރިވާނެ ކަމަށެވެ. ކުރެވޭ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް