އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި ސަރުކާރުގައި އައްޑޫގެ މުސްތަޤުބަލު ފެންނަނީ އުޖާލާކޮށް: މޭޔަރު ނިޒާރު

މި ސަރުކާރުގައި އައްޑޫގެ މުސްތަޤުބަލު ފެންނަނީ އުޖާލާކޮށް: މޭޔަރު ނިޒާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މި ސަރުކާރުގައި އައްޑޫގެ މުސްތަޤުބަލު ފެންނަނީ އުޖާލާކޮށްކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ، އްޑޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫއުގެ ވާހަކައަކީ މީގެ ކުރީގެ ސަރުކާރުތަކަށް ދައްކަން އުނދަގޫ ވާހަކައެއްކަމަށް ވިދާޅުވިއެވެ. އެއީ އެކަމުގެ ޔަގީންކަން ކުޑަވީމަ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު ޢަމަލީ ގޮތެއްގައި އެކަމުގެ މަސައްކަތް ފަށްޓަވާތީ އެ ހުވަފެން ހަޤީގަތަކަށްވުމުގެ އުއްމީދު މިހާރު އައްޑޫގެ ރައްޔިތުންނަށް ބޮޑުކަމަށް މޭޔަރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިފަދަ ބޮޑު މަޝްރޫޢުއެއް ހިންގުމަކީ ރައީސެއްގެ އިޚްތިޔާރުގައި އޮތް ކަމަކަށް ވާތީ، ރައީސް މުޢިއްޒު އެހާ ޔަގީންކަމާއެކު ބުރިޖު އަޅައިދޭނެކަމަށް ވިދާޅުވާ ވިދާޅުވުމަށް ފުރިހަމައަށް އިތުބާރު އެބައޮތްކަމަށެވެ. މިސްރުގެ ކުންފުންޏއްކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްގެން ޕްރޮޖެކްޓްގެ ސަރވޭގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައީސް ދެއްވި ޔަގީންކަމަކީ މި ދަޢުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާނެކަމުގެ ޔަގީންކަމެވެ.

"ކުރީގެ ސަރުކަރުތަކުގައި މިފަދަ ބޮޑު މަޝްރޫއެއްގެ ޚަރަދާ ޕްލޭން ބޮޑުވީމަ މި ވާހަކަ ދައްކަން އުދަގޫވެފައި ތިބީ. އެކަމަކު މި ސަރުކާރުގައި ރައީސް މުޢިއްޒު ޢަމަލީގޮތުން މަސައްކަތް ގެންދިއުމަށް ނިންމަވާ މަސައްކަތް ފެށީމައި އުފާކުރަން. މުޅި ސިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސް، ތަރައްޤީގެ މުޅިން އާ ނާރެހެން ހުޅުވޭނެ." އައްޑޫ ސިޓީ މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ތަރައްޤީއާއި ގުޅޭގޮތުން ކައުންސިލާއެކު ފުޅާ ދައިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު