އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވާތީ ފުލުހުންގެ ކަންބޮޑުވުން!

ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވާތީ ފުލުހުންގެ ކަންބޮޑުވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

ފުލުހުން ތަޙުޤީގު ކުރަމުންދާ ބައެއް މައްސަލަތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެޑް އޮފް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ 2023 ވަނަ އަހަރު ކްރައިމް އެގެއިންސްޓް ޗިލްޑްރަންސް ޑިޕާޓްމަންޓްއަށް 307 މައްސަލައެއް ހުށައެޅިފައިވާކަމަށައި މިއަހަރުގެ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 41 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި ފުލުހުންގެ ޖުވެނައިލް އޮފެންސިސް ޑިޕާޓްމަންޓްއަށް މިދިޔަ އަހަރު 134 މައްސަލަ އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 12 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

ކުށުގެ ވެށްޓަށް އަންހެން ކުދިން ހުށަހެޅޭ މިންވަރުވެސް އިތުރުވަމުންދާކަން ފާހަގަކުރައްވާ ފުލުހުން ބުނެފައިވަނީ މި މައްސަލަަތަކާއި އަދި އެ ނޫން އެހެން މައްސަލަތަކާއި ގުޅިގެން ފުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 130 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. 

އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ސޮފްއަތު ރައުފް ވިދާޅުވީ ކުޑަކުދިންނާ ގުޅޭގޮތުން މިހާރު އެންމެ ގިނައިން ހުށައެޅެނީ ބްލެކްމެއިލާއި ގުޅުންހުރި މައްސަލަކަމަށާޢި ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ފެތުރެނީ ޝޯސަލް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށްކަމަށެވެ.

"މިފަދަ މައްސަލަތައް ހުށައެޅުމުން ބޭރުގައި މިފަދަ މައްސަލަތައް އިންވެސްޓިގޭޓްކުރާ ފަރާތްތަކާ ގުޅިގެން މައްސަލަތައް ތަޙުޤީގް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން، އަދި ބަރަހަނާ ފޮޓޯ ފޮނުވުމާއި ބްލެކްމެއިލް ކުރުން ދަނީ އިތުރުވަމުން. ކުޑަކުދިންގެ އޮރިޔާން ފޮޓޯ ވީޑިއޯ ވެސް މިހާރުވަނީ އާންމުކަމަކަށް ވެފައި، މީގެ ތެރެއިން ސީރިއަސް ދެ މައްސަލައެއް ވަނީ ތަޙްޤީގްކޮށް ޕީޖީއަށް ފޮނުވާފައި" ސޮފްއަތު ރައުފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު