އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮބުވެތި ކަނބަލުންނޭވެ! ފައިދިގު މަކުނު ދަމާ ވައުތަކުގަ ނުޖެހުނީމާ އެމަކުނު ރަންގަނޑަކަށްވެގެން ތިބާގެ ގާތަށް އަންނާނެއެވެ!

ލޮބުވެތި ކަނބަލުންނޭވެ! ފައިދިގު މަކުނު ދަމާ ވައުތަކުގަ ނުޖެހުނީމާ އެމަކުނު ރަންގަނޑަކަށްވެގެން ތިބާގެ ގާތަށް އަންނާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 20 ސިކުންތު

މިއީވެސް ހަމަ ޢިބްރަތްތެރި ވާހަކަތަކުގެ ތެރެއިންވެސް ޢިބްރަތްތެރި ވާހަކައެކެވެ! ލޮބުވެތި ކަނބަލުންނަށް އަބަދުހެން މިކުރާ އިލްތިމާސްގެ ވާހަކައެވެ. އިލްތިމާސް މިފަހަރު ތަކުރާރުކުރާކަށް ނެތީމެވެ. ވާހަކައާއިގެން ކުރިއަށްދަމާ ހިނގާށެވެ!  

އަހަރެން އަމިއްލައަށް ފަޚުރުވެރިވަނީއެއް ނޫނެވެ. ނަމަވެސް ގިނަ ފިރިހެނުންނަށް އަހަރެން ރީތިވެއެވެ. އަހަރެންނަކީ ލިބޭ މިންވަރަކުން ރީތި ފޭރާންލާ އަންހެނަކީމެވެ. އެއީވެސް ފިރިހެނުންގެ ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ. އެހެންކަމާއިއެކުވެސް އަހަރެން ރީތި ފޭރާން ލަނީ އެމީހުންނަށް ދެއްކޭކަށް ނޫނެވެ. ސާފުތާހިރުކޮށް، ރީތިކޮށް ހުރުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމަކަށްވާތީއެވެ.  

އަހަރެންގެ އުމުރުން 20 އަހަރުން ފެށިގެން 23 އަހަރާއި ދެމެދު އެކި ގޮތްގޮތުން އެމީހުންގެ މަޅީގައި ޖައްސުވަން މަސައްކަތްކުރި ފިރިހެނުންގެ ޢަދަދު ހަފްތާއަކަށް 2 މީހުން ކަމަށް ބުނަން ޖެހިލުމެއް ނުވެއެވެ. އަހަރެން އެކަން ނޯޓުކޮށްގެން ބެލެހެއްޓީމެވެ. އެހައި ޔަޤީންކަމާއިއެކު ބުނަން މިކެރެނީ އެހެންވެގެންނެވެ.  

އަހަރެން އަބަދުވެސް ސަމާލުކަންދޭ ޑރ. މުޙައްމަދު އިޤްބާލުގެ ޅެމެއްވެއެވެ. އެޅެމުން އަހަރެންނަށް ވިސްނުނީ ފިރިހެނުން އެމީހުންގެ މަކަރުވެރި ދައުފަތުރާނެ ކަމެވެ. އެމީހުންގެ ކޮޅަށް ހައްލުވަން ނުދައްކާނެ ހުވަފެނެއް ނުއޮންނާނެ ކަމެވެ. ސަލާމަތްވެހުރުމަކީ އަހަރެމެން އަންހެނުންގެ ކަމެއްކަމެވެ. 

ކޮންމެއަކަސް އުމުރުން 24 ވަނަ އަހަރަށް ފެށުނުތަނާ ބައްދަލުވި ފިރިހެނަކު އަހަރެންނަށް އެދުނީ ވަކިވަރަކަށް ނޫނެވެ. އޭނާއަކީ ތަނަވަސް މީހެއްކަމުން ކޮށްދޭނެ ކަމަށް ނުބުނާ ކަމެއް ނެތެވެ. އޭނާގެ ވިޔަފާރި ކުންފުނިތައް ގިނަކަމުން ބޭނުން ކޮންމެ ކުންފުންޏަކުން ރަނގަޅު މުސާރަ ލިބޭނެ ވަޒީފާވެސް ހުށަހެޅިއެވެ.

އަހަރެން ޑރ. އިޤްބާލްގެ ޅެން އޭނާއަށް ފޮނުވީމެވެ. އަދި އޭނާ ފަދަ މީހަކު ފައިދިގުމަކުނު ހެދިގެން ނުއުޅުމަށް ބުނީމެވެ. އަދި އެހައި ބޮޑަށް ކަމުދާނަމަ ކައިވެނިކުރަން ބުނީމެވެ. އަދި ﷲ ގަންދީ އަހަރެންނަށް ދެރަގޮތެއް ނުހަދަން ހުވާކުރަންވެސް ބުނީމެވެ.  

އަހަރެން ބުނީމެވެ. "ތިބާއަކީ ތިބާ ބޭނުންފެންވަރެއްގެ އަންހެނަކު ކޮންމެ ރެއަކަށްވެސް ހޯދިދާނެ މީހެކެވެ. ނަމަވެސް ވިސްނައިލާށެވެ. ތިބާ އެކަމަށް ހޭދަކުރާ ފައިސާއަކީ ތިބާގެ އެކައުންޓުގައި ހުރިނަމަވެސް ތިބާގެ އަމިއްލަ އެއްޗެއް ނޫނެވެ. އެއީ ވަގުތީ ގޮތުން ތިބާ އާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ އަމާނާތެކެވެ. ޚިޔާނާތްތެރިވެފައި ދެން ޖެހޭނީ ޖަވާބުދާރީވާށެވެ. އެއީ ތިބާއަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ފައިދިގު މަހުނުގެ އުޞޫލު ދޫކޮށްލާށެވެ! ﷲ ގެ މަގު އިޚްތިޔާރުކުރާށެވެ."  

ނަތީޖާ އެނގޭހެއްޔެވެ؟ އަނެއްރޭ އެ މޮޅު، ތަނަވަސް މީހާ އަހަރެންގެ ގެއަށް އައިސް އަހަރެންނާއި ބައްދަލުކުރިއެވެ. އޭނާ ބުނީ އަހަރެން އޭނާއަށް ނަގައިދިން ފިލާވަޅު އޭނާ ހޭލައްވާލައިފިކަމަށެވެ. އަހަރެންނާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އޭނާގެ އަންތބަކަށް ބޭނުންވަނީ އަހަރެން ފަދަ ސާބިތު އަންހެނެއް ކަމަށެވެ. އަހަރެންގެ މައިންބަފައިންގެ ކުރިމަތީގައި އަހަރެން ބުނި ފަދައިން ވައުދުވެ ހުވާވެސް ކުރިއެވެ.  

ދެން އޭނާ ހުށަހެޅީ ޔަޤީންކަން ދިނުމުގެ ގޮތުން ބައެއް ކަންކަން ކޮށްދިނުމަށެވެ. އަޅުގަނޑު ބުނީ ކައިވެނީގެ ކުރިން އެންމެ ރިޔާލައެއްވެސް ބޭނުން ނޫން ކަމަށެވެ. ކުރާ ހުވާ އުވާލާ މީހުންނަށް ﷲ ދެއްވަވާ ޢުޤޫބާތް މާވަރުގަދަވާނެ ކަމަށެވެ.  

އޭނާ އަހަރެންނާއި ކައިވެނިކުރިއެވެ. ކައިވެންޏަށް ސިލްވަރޖުބިލީވެސް ފާހަގަކޮށް ނިމިއްޖެއެވެ. 8 ދަރިން އެބަތިއްބެވެ. ވީމާ މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ.  

އަހަރެން ދުނިޔޭގެ ހުރިހާ އަންހެނުން ގާތުގައި ބުނަން ބޭނުންވަނީ ލިބޭ މިންވަރަކުން ބޭރުފުށުށް ރީތިކުރާށެވެ. އެންމެ މުހިންމީ އެތެރެފުށް ރީތިކުރުމެވެ. ލަނޑު ލިބެނީ އެތެރެފުށް ރީތި ނުކުރުމުގެ ސަބަބުން ފައިދިގު މަކުނުތަކުގެ ދަލުގައި ޖެހެވޭތީއެވެ.  

- ޝިބާނާ / ރިޔާޟް، ސަޢުދިޢަރަބިޔާ  

ޑރ. މުޙައްމަދު އިޤްބާލްގެ ޅެން:

 

One day a spider said to a fly

"Though you pass this way daily

 

My hut has never been honored by you

By making a chance visit inside by you

 

Though depriving strangers of a visit does not matter

Evading the near and dear ones does not look good

 

My house will be honored by a visit by you

 A ladder is before you if you decide to step in

 

Hearing this the fly said to the spider,

 "Sir, you should entice some simpleton thus

 

This fly would never be pulled into your net

Whoever climbed your net could never step down"

 

The spider said, "How strange, you consider me a cheat

I have never seen a simpleton like you in the world

 

I only wanted to entertain you

I had no personal gain in view

 

You have come flying from some unknown distant place

Resting for a while in my house would not harm you

 

Many things in this house are worth your seeing

Though apparently a humble hut you are seeing

 

Dainty drapes are hanging from the doors

And I have decorated the walls with mirrors

 

Beddings are available for guests’ comforts

Not to everyone’s lot do fall these comforts".

 

The fly said, "All this may very well be

But do not expect me to enter your house

 

"May God protect me from these soft beds

Once asleep in them getting up again is impossible"

 

 The spider spoke to itself on hearing this talk

"How to trap it? This wretched fellow is clever

 

Many desires are fulfilled with flattery in the world

All in the world are enslaved with flattery"

 

Thinking this the spider spoke to the fly thus!

"Madam, God has bestowed great honors on you!

 

Everyone loves your beautiful face

Even if someone sees you for the first time

 

Your eyes look like clusters of glittering diamonds

God has adorned your beautiful head with a plume

 

This beauty, this dress, this elegance, this neatness!

And all this is very much enhanced by singing in flight".

 

The fly was touched by this flattery

And spoke, "I do not fear you any more

 

I hate the habit of declining requests

Disappointing somebody is bad indeed"

 

Saying this it flew from its place

When it got close the spider snapped it

 

The spider had been starving for many days

The fly provided a good leisurely meal

 

(Dr. Mohammad Iqbal – Bang-e-Dara)

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް