އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާސްވެ ކަންބޮޑުވުން ދުރުކޮށްލަދޭނޭ ބައެއް ކަންތައް

ހާސްވެ ކަންބޮޑުވުން ދުރުކޮށްލަދޭނޭ ބައެއް ކަންތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ހާސްވެ ކަންބޮޑުވުމުން ސްޓްރެސް އެޑްރެނާލިނާއި ކޯޓިސޮލް ހޯމޯން ހަށިގަނޑުގައި އުފެދި އިތުރުވާ މިންވަރު ބޮޑުވެއެވެ. އިންސާނާ ހާސްވާ ފަދަ ވަގުތުތަކާއި ހާލަތްތަކުގައި ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދިނުމަށް މި ހޯމޯންސް އެހީތެރިވެދޭނެއެވެ. މިހޯމޯންގެ ދައުރަކީ އެއީއެވެ.

މިފަދަ ހޯމޯން ކޮންޓްރޯލް ކުރަން އެންމެ ފަސޭހަ އަދި އެންމެ ރަނގަޅުގޮތަކީ ކަސްރަތު ކުރުމެވެ. ހިނގާލުމާއި ފަތާލުން ފަދަކަމަކުން މީހާއަށް ލިބޭ ހަމަޖެހުން އެނގޭނީ ތަޖުރިބާކޮށްލުމުންނެވެ.

އިންސާނާގެ ހިތާއި ސިކުނޑިއަކީ ހައިރާންވާވަރުގެ ތަނަވަސް ދާއިރާތަކަކަށް ބެހިފައިވާ ބޮޑު ގުނަވަންތަކެކޭ ބުނަން ޖެހޭ ސަބަބަކީ އެތައް އެތައް ގިނަ ކަންތައްތަކެއްގެ ވާހަކަތަކާއި މަންޒަރުތައްވެސް ހިތާއި ސިކުނޑީގައި ފޮރުވިފައި ހުންނާތީއެވެ. އެހެންނަމަވެސް ހާސްވެ ކަންބޮޑުވާ ހިނދު ކިތަންމެ ވަރުގަދަ އަދި ކެތްތެރި މީހާއަށް ވެސް އެންމެ ފަސޭހަ ލުޔެއް ލިބޭނީ އެވާހަކަތައް އެހެން މީހަކާ ހިއްސާ ކުރުމުންނެވެ.

އެކަން ނުކޮށް ހިފަހައްޓައިގެން ހުރުމުން ފިކުރު ބޮޑުވާގޮތް މެދުވެރިވެއެވެ. މައްސަލަ ހިއްސާކުރުމުން ހާސްކަން ފިލައި މައްސަލައަށް ހައްލެއް ލިބުން އަވަސްވާނެއެވެ. އެފަދައިން ބުނެވޭހާ ގާތް މީހަކު ނެތިއްޔާ ތިމާގެ ޑައިރީ ބޭނުން ކުރާށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޑައިރީ ބޭނުން ކުރާ މީހުންގެ އަމިއްލަ ނަފުސަށް އިތުބާރާއި ޔަގީންކަން އޮންނަވަރު ބޮޑެވެ. އަދި ހިތްހަމަޖެހުމާއި އުފާވެރިކަންވެސް އެމީހުންގެ ބޮޑެވެ. ސަބަބަކީ ޑައިރީގައި އެލިޔާ ލިޔުން ހަގީގަތުގައި މީހެއްގެ ގާތުގައި ބުނާ ބުނުމަށްވުރެ މާބޮޑަށްވެސް ހާމަކަންބޮޑުކޮށް ތެދަށް ފާޅުގައި ލިޔެވޭތީއެވެ.

ނިދިހަމަކުރުމަކީވެސް މީހާއަށް މުހިންމު ކަމެކެވެ. ސްޓްރެސް ވުމާއި ކަންބޮޑުވެ ފިކުރުގިނަ ވުން ދުރުކުރުމަށް ކޮންމެހެން ވެސްމުހިންމު ކަމެކެވެ. އެހެނީ ނިދި ހަމަނުވަންޏާ މީހާގެ ސިކުނޑީގެ މަސައްކަތް ފުރިހަމަ ކުރަން ދަތިވާނެތީއެވެ.

ގިނައިން ދިޔާތަކެތި ބުއިމަކީވެސް ވަރަށް ފަރުވާވެ ކުރަން ޖެހޭ ކަމެކެވެ. ހާއްސަކޮށް ފެން ބުއިމަށް ސަމާލުވާން ޖެހޭނެއެވެ. ހަށިގަނޑުން ފެން ބޭރުވާވަރަކަށް ފެން އެތެރެވުންވެސް މުހިންމެވެ، ހަށިގަނޑަކީ މެޝިނެކެވެ، މެޝިނަށް ތެޔޮ ބޭނުންވާހެން ހަށިގަނޑަށް ކާނާ، ފެން، ނިދި، ހަމަޖެހުން، މިހުރިހާ ކަންކަންވެސް މުހިންމެވެ. ދިރިއުޅުމަށް އަސާސީ ކަންކަން ހާއްސަފަދައިން، ފެނާއި ކާނާއަކީ ހަށިގަނޑަށް އެންމެ ހާއްސަ ދެބައެވ*

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ