އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ މީހަކީވެސް ޤުރުއާން ކިޔެވުމާއި އޭގެ ހުނަރު ތަރައްޤީކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދާންޖެހޭނެ މީހެއް: އާދަމް ޝަރީފް

ކޮންމެ މީހަކީވެސް ޤުރުއާން ކިޔެވުމާއި އޭގެ ހުނަރު ތަރައްޤީކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދާންޖެހޭނެ މީހެއް: އާދަމް ޝަރީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ކޮންމެ މީހަކީވެސް ޤުރުއާން ކިޔެވުމާއި އޭގެ ހުނަރު ތަރައްޤީކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދާންޖެހޭނެ މީހެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ކޮންމެ މީހަކުވެސް ޤުރުއާން ކިޔެވުމާއި އޭގެ ހުނަރު ތަރައްޤީކުރުމާއި ޤުރުއާނުގެ ޢިލްމު އުނގެނުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދިޔުމަށް އިލްތިމާސްކުރާކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވާއިރު ޤުރުއާނަށް ޝައުގުވެރިކަން ހުންނަ ތުއްތު ކުދިންނާއި ޤުރުއާން ކިޔަވައިދެއްވަން ޝައުޤުވެރިކަން ހުންނަ ބެލެނިވެރިން އަދި މުދައްރިސުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު 700 އަށް ވުރެއް ގިނަ ކުދިން މިފަދަ މުބާރާތެއްގައި ބައިވެރިވުމަކީ އަޅުގަނޑު ޤަބޫލް ކުރާ ގޮތުގައި ވަރަށް ބޮޑު ކާމިޔާބީއެއް" އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު