އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހު 10 ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއްދެނީ

ފަހު 10 ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއްދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ރޯދަމަހުގެ ފަހު 10 ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއްދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަމާގުޅިގެން މާލީ ވުޒާރާއިން ނެރުއްވި ސާކިއުލާއެއްގައި ވަނީ އެޢިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެކަނި ކަމަށާއި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ޢިނާޔަތް ދޭން ޖެހޭނެ ކަމަށެވެ.

މިގޮތަށް ޢިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށެވެ.

ސާކިއުލާގައި ބުނެފައި ވަނީ އިނާޔަތް ދޭނީ އެޕްރިލް މަހުގެ މުސާރައާއެކު ކަމަށާއި، އެގޮތުން އިނާޔަތް ދިން ގޮތުގެ ތަފްސީލް ފިނޭންސްއިން ދީފައިވާ އެކްސެލް ޝީޓް ފުރިހަމަކޮށް، އެޕްރިލް 18، ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް އިދާރާތަކުން ފޮނުވަން ޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު