އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިދިކޮޅުގެ ދޮގު ދޮލަނގު ބަންޑުން ވެއްޖެ! އިންޑިއާއިން ހާމަކުރީ ރައީސް މުޢިއްޒުގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާކަން!

އިދިކޮޅުގެ ދޮގު ދޮލަނގު ބަންޑުން ވެއްޖެ! އިންޑިއާއިން ހާމަކުރީ ރައީސް މުޢިއްޒުގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

1981 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެއްގެދަށުން ޚާއްޞަ ކޯޓާއެއް ރާއްޖެއަށް ދީގެން އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރަމުން އަންނަ ބާވަތްތަކަށް ދެމުން އަންނަ ކޯޓާ، ދުވަހުވެސް ނުދޭހައި ބޮޑުތަނުން އިންޑިއާއިން އިތުރުކޮށްދިންކަން އަންގައިދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިންޑިއާގެ ފުރިހަމަ ތާއީދު އެބައޮތްކަމެވެ. މިސަރުކާރަށް ފުރިހަމަ އެއްބާރުލުން އިންޑިއާއިން ދޭނެ ކަމެވެ. 

އިދިކޮޅު އެމްޑީޕީން މަޖިލިސް އިންތިޚާބަށް ކެންޕޭނުކުރުމުގައި އެންމެ ގިނައިން ދައްކާ އެއްވާހަކައަކީ މިއީ އަވަށްޓެރިންނާ ގުޅުންކަނޑާ ސަރުކާރެއްކަމާއި އިންޑިއާއިން ރައީސް މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ނުދޭނެކަމާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އުޅެންޖެހޭނީ ވަރަށް ދަތިޙާލުގައި ކަމުގެ ވާހަކަތަކެވެ. 

މިފަދަ ވާހަކަތަކެއް އެމްޑީޕީން ދައްކައި ރައްޔިތުންގެ ބޮލަށް ޗިޕްޖަހަމުން ދަނިކޮށް، އިންތިޚާބް ކެމްޕޭނު އެންމެ ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި އިންޑިއާއިން ރެކޯޑް ޢަދަދަކަށް ކޯޓާ އިތުރުކޮށްދިނުމުން އެނގިގެންދަނީ އެމްޑީޕީން ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫންކަމާއި އެވާހަކަތައް ދައްކަނީ އެއްވެސް އަޞްލެއް ނެތިކަމެވެ. 

އިޤްޠިޞާދީ މާހިރުން ދެކެލައްވާ ގޮތުގައި ފާއިތުވި 4 މަސްތެރޭގައި ފައިސާ ޗާޕްކުރުން ހުއްޓާލައި ރާއްޖޭގެ އިޤްޠިޞޯދަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބަޖެޓުން ބާކީކުރަމުން އެއަންނަނީ އަދި ޑޮލަރުގެ އަގުން 1 ރުފިޔާ އާއި ގާތަށް ހެޔޮކޮށްފައިވަނީ އިތުރު ލޯނެއް ނަގައިގެނެއް ނޫނެވެ. ބަޖެޓުން ވައްކަންކުރުން ހުއްޓާލައި ތެދުވެރިވުމުންނެވެ. މިކަންކަން އިންޑިޢާފަދަ އިޤްޠިޞާދީ ކަންކަމަށް ވިސްނާ ޤައުމުތަކުން ވަރަށް ބޮޑަށް ފާހަގަކުރާނެއެވެ. ފެނިގެން މިދިއައީ އެކަމުގެ ނަތީޖާއެވެ. 

ޚާރިޖީވަޒީރު މޫސާ ޒަމީރު މިއަދުނޫހަށް ވިދާޅުވީ އިންޑިއާގެ ފޮރިން ޕޮލިސީގައި ސަމާލުކަންދެނީ ވަކިސަރުކާރަކަށް ނޫންކަމަށާއި އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރަން ކަމަށެވެ. ރައްޔިތުން އިންތިޚާބުކުރާ ކޮންމެ ސަރުކާރަކަށްވެސް އިންޑިއާއިން ތާއީދުކުރާނެ ކަމަށެވެ. 

އަވަށްޓެރި ޤައުމުތަކާއި އަދި އެނޫން ޤައުމުތަކާއިވެސް އޮންނަ ގުޅުން ބަދަހިކުރަން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޤުރްބާންކުރާކަށް ނުޖެހެއެވެ. ޤުރްބާން ނުކުރީމާ އެނގިގެންދާނީ އެޤައުމެއްގެ ހަރުދަނާކަމެވެ. ފެނިގެން މިދަނީ އެކަމުގެ ފައިދާއެވެ. 

އިދިކޮޅުން ކޮންމެ ގޮތަކަށް ވާހަކަދެއްކިނަމަވެސް، ކިތަންމެ ބޮޑެތި ދޮގުތައް ހަދައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ނަމަވެސް އިންޑިއާއިން އެވަނީ ބޮޑުތަނުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް "ޔޭސް! ގޯއަހެޑް!" ދީފައެވެ. ދެން އޮތީ ރައްޔިތުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އެންމެ ނަފާބޮޑު ވެރިކަމެއް ކުރަން ފުރުޞަތު ދިނުމެވެ. އެކަން ކުރަން ރައްޔިތުން ކޮށްދޭން އޮތް ކަމަކީ މަޖިލިސް އިންތިޚާބުގައި ޚާއިނުންނަށް ވޯޓުނުދީ ރައީސް ޑރ. މުޢިއްޒުގެ ކެންޑިޑޭޓުން އިންތިޚާބު ކުރުމެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް