އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
ޗައިނާގެ ޔުއާން އިން ގަންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ރައީސް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ "ޗައިނާ ސަރުކާރުން މިހާރު އަޅުގަނޑުމެން ވާނީ ރައީސްގެ އެޑްވައިޒަރއާއެކު ޗައިނާގެ ސެންޓްރަލް ބޭންކް ގަވަރނައަށް ރާއްޖެއަށް ދައުވަތުދީފައި. މިއަދު މި ދަތުރުގައި އައިއިރު އޭގެ ޖަވާބުވެސް އެބައޮތް ލިބިފައި. އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ. ހަމައެގޮތަށް އިންޑިއާއިން ގެންނަ އެއްޗެހިވެސް އަޅުގަނޑުމެންގެ އަމާޒު ހުރީ އިރާދަކުރެއްވިއްޔާ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން." ކަމަށެވެ.
މިކަމާ ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމަށްޓަކައި ޗައިނާގެ ރައީސްގެ އެޑްވައިޒަރަކާ އެކު ޗައިނާގެ ސެންޓްރަލް ބޭންކް ގަވަރުނަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފައިވާނެ ކަމަށާއި އެ ދައުވަތުގެ ޖަވާބު ލިބިވަޑައިގެންފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
Advertisement
11 އޭޕްރީލް 2024