އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 ރަށެއްގައި މަސް ފެކްޓްރީތައް އެޅުމަށް 175 މިލިއަން ޑޮލަރު ގެ ޕްރޮޖެކްޓެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

3 ރަށެއްގައި މަސް ފެކްޓްރީތައް އެޅުމަށް 175 މިލިއަން ޑޮލަރު ގެ ޕްރޮޖެކްޓެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

3 ރަށެއްގައި މަސް ފެކްޓްރީތައް އެޅުމަށް 175 މިލިއަން ޑޮލަރު ގެ ޕްރޮޖެކްޓެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން ޅ. ފެލިވަރުގައި އިތުރަށް 100 ޓަނު، ދ، މާދެލީގައި 50 ޓަނު އަދި ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސް ކުރަން ފެކްޓްރީތައް އަޅާނެ އެވެ. 

ރާއްޖޭގައި މަސް ބަންދުކުރުމަށް ހުރި ޖާގައިގެ ދަތިކަން ޙައްލުކޮށް ގޮންޖެހުންތައް ނައްތާލުމަށް ހިންގާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މިރަސްމިއްޔާތުގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ފިނިކުރި އަދި ގަނޑުކުރި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ކަމަށެވެ. އެހެންވެ، މި މަސައްކަތުގެ ސަބަބުން، އާ ސަރުކާރުގެ ކުރީ ކޮޅުގައި މިކަން ހާސިލުވާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މި 3 ރަށުގެ މަސް ފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެންނަންޖެހޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ