އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާ ޢަޒަލުކުރުމުގެ ވާހަކައަކީ ދެބާވަތުގެ ރެޓުންނަށް އޮޅުވާލަން ދައްކާ ހޮޅިވާހަކަ- އަނބުރާ ގޭސްގަނޑެއް! ނަމަނަމަ މަޅީގަ ނުޖެހޭތި!

ރައީސުލްޖުމްހޫރިއްޔާ ޢަޒަލުކުރުމުގެ ވާހަކައަކީ ދެބާވަތުގެ ރެޓުންނަށް އޮޅުވާލަން ދައްކާ ހޮޅިވާހަކަ- އަނބުރާ ގޭސްގަނޑެއް! ނަމަނަމަ މަޅީގަ ނުޖެހޭތި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

"އަޣުލަބިއްޔަތު ހޯދައިދޭށޭ، އެއިރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުން ބާލައި އަހަރެން ވެރިކަމަށް އަންނާނަމޭ، އައިސް ކުރިއަށް ކުރިއަށް ވުރެ ގިނައިން ވައްކަން ކުރެވޭ ގޮތަށް ވަޒީފާތައް ދޭނަމޭ، ކުރީގެ ސަރުކާރުން އުފެއްދީ އެންމެ ބްރޯއެއް ނޫންހޭ، އަހަރެމެން އޮންނާނީ 4 ބްރޯ އާ 2 ސިސް އުފައްދާފައޭ" މިބާވަތުގެ ގޭސްގަނޑުތައް ވަރަށް އޮލަކޮށް އެބަ އަނބުރައެވެ. 

މިގޭސްގަނޑުގައި އެބުނަނީ ހަމަ ތެދެކެވެ. ނިމިގެން ދިއަ ވެރިކަމުގެ އުފެއްދުނު ބްރޯތަކާއި ސިސުންގެ ޢަދަދުތަކެއް އަދި ނުއެނގެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ފިނިހަކު ސްޕީޑްގައި ކުރިއަށްގެންދާތީ ފުރިހަމަ ރިޕޯޓްތައް ލިބުމަށް ހުރަސްތަކެއް ހުރުމުންނެވެ. ފަޅާއަރައިގެން އުޅެނީ ޤާނޫނުތަކަށް ބަދަލުގެނެސްގެންނާއި ނުގެނެސް އަތްބާނައިގެން ނެގި ވަރުން ވަރަށް މަދު މިންވަރެކެވެ. 

ރައީސް އިބްރާހީމަށް ދަންނަވާލަން އޮތީ 72 މިލިއަން ޑޮލަރު ޑަބަލްކޮށް 144 މިލިއަން ޑޮލަރު ރެޓުންގެ ކޮޅުގައި ހުއްޓަސް މަޖިލިސް އިންތިޚާބު ތިއަ ދައްކަވާ އަވާމެންދުރާއި އެއްގޮތަށް ކާމިޔާބުކުރެވުމަކީ ހަމަހުވަފެނެކެވެ. ނަތީޖާއަށް ބައްލަވަން ހުންނަވާށެވެ! ފާއިތުވި 5 އަހަރު އެކި ގޮތްގޮތަށް ސަރުކާރުގެ ތިޖޫރީތަކަށް އަތްބާނައިގެން ނަގާފައިވާ ފައިސާތައް ހޯދަން މަޖިލިސްތެރެއިން ހުރި ހުރަސްތައް ނައްތައިލެވޭވަރުގެ އަޣްލަބިއްޔަތެއް ރައްޔިތުން ސަރުކާރަށް ދޭނެއެވެ. 

ރައީސް ޑރ. މުޢިއްޒަށްވެސް ދޫކޮށްލެއްވޭނީ ސިޔާސީ ކަންކަމެވެ. ރައްޔިތުންގެ ފައިސާއިން ކުރި ވައްކަންތައް ނުބައްލަވައި ދޫކޮށެއް ނުލެއްވޭނެއެވެ. އެކަންކަން ބެލުމަކީ މާތް ﷲ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތަކަށްވާތީއެވެ. 

ރައްޔިތުން ދެފަހަރު މަތިން ސަރުކާރާއި މަޖިލިސް ރެޓުންނާއި ހަވާލުކޮށްފިއެވެ. ޢަމަލުކޮށްފައިވަނީ ރެޓުގެ ޢާންމު އުޞޫލުންނެވެ. ކައިހުސްކުރުމެވެ. އަތްބާނައިގެން ނެގޭވަރު މަދުވެގެން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކޮންމެ ފަހަރަކުވެސް ނީލަންކިޔާކަން ރައްޔިތުންނަށް މިހާރުވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. 

ރެޓުންނަށް މިހާރުވެފައިތިބީ ކޮކަޑިކައިގެން ގަދަވީމާ ވާގޮތެވެ. ރައްޔިތުންނަށް ޙަރާމްކޯރުވުމުގައި އިމެއް ނެތެވެ. ބައިތުލްމާލު ކައިހުސްކުރުމުގައި ޙައްދެއް ނެތެވެ. އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރުމުގައިވެސް ކުޑަވެސް ބިރުވެރިކަމެއް ނެތެވެ. ރައްޔިތުންނަށް އެކަންކަން މިއަދު ވިސްނެއެވެ. އިރާދަކުރެއްވިއްޔާ ގަދަވާކަށް ދެން ވާރެފެނެއް ނުދޭނެއެވެ. 

ޔާ ﷲ! އެންމެހައި ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވަވައި މިޤަުމަށް ފާވެގެންމިއުޅޭ ރެޓްތަކުގެ ކިބައިން ދިވެހި ޤައުމަށް ނަޞްރުދެއްވަވާނދޭވެ! އިނބަ ﷲ ގެ ދީން މިޤައުމުގައި ޙިމާޔަތްކުރެވެން އޮތީވެސް ރެޓްތަކުގެ ކިބައިން ސަލާމަތްވެވިގެންކަން އިނބަ ﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް