އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތްފެށުމުން މަދުވެގެން 40 ވަޒީފާ އުފެއްދޭނެ: ވަޒީރު

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތްފެށުމުން މަދުވެގެން 40 ވަޒީފާ އުފެއްދޭނެ: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތްފެށުމުން މަދުވެގެން 40 ވަޒީފާ އުފެއްދޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ހއ. ތުރާކުނަށް މިއަދު ކުރެއްވި ޒިޔާރާތުގައި އެ ރަށު ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ޖުލައި މަހު ބަންކަރިން ޚިދުމަތް ފެށޭނެ ކަމަށާއި ފަށްޓާއިރު ވެސް ގާތްގަނޑަކަށް މިހާރުން މިހާރަށް 40 އަކަށް ވަޒީފާ އުފެއްދޭނެކަމަށެވެ.

"އެއީ ވަރަށް ބައިވަރު ވަޒީފާތަކެއް، ކޮންމެހެން ސަރުކާރުން އުފައްދާ ވަޒީފާއެއްވެސް ނޫން އެއީ. އެއަންނަ ކުންފުނިން އުފައްދާ ވަޒީފާތައް. ދެން އެއާއެކު ޚިދުމަތްތައް ދިނުމުގައި އެތައް ބައިވަރު ވަޒީފާތައް އުފެދިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތް ފަށަން މިހާރު މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު ޓެކްނިކަލް މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު