އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުރުވަމުންދާ ލިސްޓު އޭސީސީން ދޮގުކޮށްފި

ދައުރުވަމުންދާ ލިސްޓު އޭސީސީން ދޮގުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންކަމަށް ބުނެ  ދައުރުވަމުންދާ ލިސްޓު އޭސީސީން ދޮގުކޮށްފިއެވެ.

މިކަމާގުޅިގެން އޭސީސީން ބުނެފައިވަނީ ދަޢުރުވަމުންދާ ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ތަޙުޤީކޮށް ކަމާއި ގުޅުންހުރި އިދާރާތަކަށް ފޮނުވި ލިސްޓް ނޫންކަމަށާއި ލިސްޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ، އެއީ އޭސީސީން ފޮނުވި ލިސްޓު ނޫންކަން ޔަގީންކޮށްފައިވާކަމަށެވެ.

ކޮމިޝަނުން ބުނީ ކޮމިޝަންގެ އެއްވެސް މަސައްކަތަކަށް އެއްވެސް ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ. އަދި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނު ނަގަހައްޓާ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު