އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމާއި ގުރައިދޫ އަދި ކޮމަންޑޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމާއި ގުރައިދޫ އަދި ކޮމަންޑޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ތ.ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ގުރައިދޫ އަދި ކޮމަންޑޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތ.ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމަށް ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަޙުމަދު ލަތީފްއެވެ.

ވިލުފުށީގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢުއަކީ، ސަރުކާރުން އަލަށް ތަރައްޤީކުރުމަށް ނިންމާފައިވާ 15 އެއަރޕޯޓް ޕްރޮޖެކްޓްގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ.

މީގެއިތުރުން ތ.ގުރައިދުއާއި ށ.ކޮމަންޑޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭއާއި ޑިޒައިން މަސައްކަތްވެސް ވަނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތ.ގުރައިދުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރީ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަޙުމަދު ލަތީފުއެވެ.

އެއްބަސްވުމުގެ ދަށުން އެއަރޕޯޓް ސަރވޭ، ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހިމެނެއެވެ.

މިއަދު ވަނީ ށ.ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށްވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު