އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން މިއަދު ސަރުކާރަށް މިހާބޮޑު މެޖޯރިޓީއެއް ދިނީ ކުރު މުއްދަތެއްގަ ނަތީޖާ ނެރެދެއްވީތީ! މަޤާމުގަ ތެދުވެރިވެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ކުރައްވާ ޚިދުމަތަށް އިތުބާރުކުރެވުނީމަ!

ރައްޔިތުން މިއަދު ސަރުކާރަށް މިހާބޮޑު މެޖޯރިޓީއެއް ދިނީ ކުރު މުއްދަތެއްގަ ނަތީޖާ ނެރެދެއްވީތީ! މަޤާމުގަ ތެދުވެރިވެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ކުރައްވާ ޚިދުމަތަށް އިތުބާރުކުރެވުނީމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވެވީ ވަރަށް ކުޑަކުޑަ ޕާޓީއެއްގައި ހުންނަވައިގެންނެވެ. އަދި ޕާޓީގެ ބޮޑު މަޤާމެއްގައި ހުންނަވައިގެނެއްވެސް ނޫނެވެ. ކަންދިމާވިގޮތުން ބޮޑު ޕާޓީއެއްގެ ތާއީދުވެސް އެމަނިކުފާނަށް ލިބިވަޑައިގަތީއެވެ. އެއީ އެޕާޓީއަށް އެއިރު އެހެން އެއްވެސް ގޮތެއް ނެތުމުން މެދުވެރިވި ކަމެއް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 

ކޮންމެއަކަސް ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނުވެވަޑައިގަތީ ޤައުމުގެ ހުރިހާ ރައްޔިތުންގެ ރައީސަކަށެވެ. ފުރަތަމަ ދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޤައުމުގެ ހުރިހާ ރައްޔިތުންނަށެވެ. ހުރިހާ ރަށްތަކަށެވެ. 

އެމަނިކުފާނު ދެއްކެވި އެންމެ ބޮޑު އެއް ތަފާތަކީ މަޤާމް ލިބިވަޑައިގަތުމުން ހިނދުކޮޅެއްވެސް ބޭކާރު ނުކުރައްވަވައި ރައްޔިތުންނަށް ޚިދުމަތްކުރައްވަން ފެށްޓެވުމެވެ. އެމަނިކުފާނުގެ ޢިބާރާތުންނަމަ ސިކުންތެއްވެސް ބޭކާރުނުކުރައްވައި ޤައުމާއިގެން ކުރިއަށް ވަޑައިގަންނަވަން ފެށްޓެވިކަމެވެ. 

ފުރަތަމަ ކަމެއްގެ ގޮތުންވެސް އިންތިޚާބުގައި ދެއްކެވިވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވަޢުދުތައް ކަރުދާހުގައި ލިޔުއްވައި ދަފްތަރުކުރެއްވީއެވެ. އަދި މަޤާމުގައި ހުންނަވައިގެން ދައްކަވާ ވާހަކަފުޅުތައްވެސް ގެންދެވީ އެދަފްތަރަށް އިތުރުކުރައްވަމުންނެވެ. 

މިއީއަކީ މީގެ ކުރީގެ އެއްވެސް ރައީސަކު ކަންތައްތައް ކުރެއްވި ގޮތެއް ނޫނެވެ. އެގޮތަށް ކަންތައްތައް ކުރައްވައި ނަތީޖާ ނެރެދެއްވެވުމުން ރައްޔިތުން އެކަންކަން ބަލައިގަތީ ޝުކުރުވެރިކަމާއިއެކުގައެވެ. 

ދެން އޮތީ ޤައުމުގެ މާލީ ޙާލަތެވެ. މީގެކުރިން ވެރިކަމަށް ވަޑައިގަންނަވާ ރައީސުން އުޅުއްވަނީ ރައްޔިތުން ދަރަނިވެރިކުރުވާފައި ކޮންމެވެސް ޤައުމަކުން ނުވަތަ ކޮންމެވެސް ތަނަކުން ލޯނުތަކެއް ނުނެގިގެންނެވެ. ދައުލަތް ހިންގާނެ ފައިށާވެސް ނެތްކަމަށް ވިދާޅުވެ ޤައުމު ނީލަންކިޔުއްވީއެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު މުޅިން ތަފާތެވެ. ޤައުމުގެ އިޤްޠިޞާދު އިނދަޖެހިފައި އޮތްއިރުވެސް ލޯނު ހޮއްދަވާކަށް ނޫޅުއްވައެވެ. ލޯނުތަކެއް ނުނަންގަވައެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވީއެވެ. ދައުލަތުގެ ފައިސާއިން ވައްކަން ކުރަންހުރި ލޯވަޅުތައް ބަންދުކުރައްވަން މަސައްކަތް ފެށްޓެވީއެވެ. އެކަމުގެ ރަނގަޅު ނަތީޖާ މިވަނީ ފުރަތަމަ 3 މަސް ތެރޭގައިވެސް ފެނިފައެވެ. ދައުލަތަށް ލިބޭ މިންވަރުން ދެކޮޅު ޖެއްސިއްޖެއެވެ. ތެދުވެރިކަން އިސްކުރައްވައިފިކަން ރައްޔިތުންނަށް އެނގި ޔަޤީންވީއެވެ. 

މަދު ދުވަސްކޮޅެއްގެ ތެރޭގައި ވައިގެ މަގުން ބަލިމީހުން ވަޤުތުން އުފުލޭނެ ނިޒާމް ސަރުކާރުން ޤާއިމުކުރައްވައި ރައްޔިތުންނަށް ޚިދުމަތް ދެއްވަން ފަށްޓަވައިފިއެވެ. ރާއްޖޭގެ ސަރަޙައްދު ބަލަހައްޓަން ދިވެހި ސިފައިން ޑްރޯން ބޭނުންކުރަން ފަށައިފިއެވެ. ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ނަމުގައި ޤައުމުގެ މިނިވަންކަން ވިއްކައިލުމުގެ ސިޔާސަތު ނިމުމަކަށް ގެނެސްދެއްވީއެވެ. 

މިފަދަ އެތައް ކަމެއް ރައްޔިތުންގެ ލޯތަކަށް ފެނުމުން ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން  އިތުބާރުކުރީއެވެ! އިދިކޮޅު އެމްޑީޕީގައި ތިބެގެންވެސް ސަރުކާރަށް ތާއީދުކުރީއެވެ. 

ދެން ކުރިއަށް އޮތީ އެންމެ މުހިންމު ބައެވެ. އެއީ މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވިއްޖެނަމަ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންތައްތައް ކޮށްދެއްވުމެވެ. އެކަންކަން ބަރާބަރުވެއްޖެނަމަ ކުރިއަށް އޮތް 5 އަހަރުވެސް ޔަޤީންވެވަޑައިގަންނަވާނެއެވެ! އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް