އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ހަ މެމްބަރެއް ޕީއެންސީއަށް!

އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ހަ މެމްބަރެއް ޕީއެންސީއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މިދިޔަ އާދިއްތަ ދުވަހު ބޭއްވި  ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ، ގޮނޑި ކާމިޔާބުކުރެއްވި ބައެއް ކެންޑިޑޭޓުން ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއަށް ސޮއިކުރައްވައިފިއެވެ.

މުލިއާގޭގައި އޮތް ބައްދަލުވުމުގައި، ރޭ ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަކީ ޑރ. އަނާރާ ނަޢީމް (ހުރާ ދާއިރާ)، ޙަސަން ޒަރީރު (މަތިވެރި ދާއިރާ)، އަހްމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ)، އަޙްމަދު ރިޔާޒް (ތިމަރަފުށި ދާއިރާ)، ޔާސީން ޢަބްދުﷲ (ނައިފަރު ދާއިރާ) އަދި ޢާޒިމް ޢަބްދުލް ޢަޒީޒް (ވިލިނގިލި ދާއިރާ) އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީގެ ފަރާތުން 90 ދާއިރާއަކަށް ވާދަކުރިއިރު މީގެތެރެއިން 66 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރި އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު 11 މެމްބަރުންގެ ތެރޭގައި ސަރުކާރުގެ ތާއީދު ލިބުނު ހަތަރު މެމްބަރުން ތިއްބެވެ. އިތުރު ދެ ބޭފުޅެއް ހިމެނޭހެން ރޭ ޕީއެންސީއަށް ސޮއި ކުރި މެމްބަރުނާއި އެކު އަންނަ ދައުރުގައި އެ ޕާޓީ ތަމްސީލު ކުރާނެ 72 މެމްބަރުން މަޖިލީހުގައި ތިބޭނެ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު މެމްބަރުންނާއި ދެއްކެވި ވާހަކައިގައި ވަނީ ސަރުކާރާއި އެކު 81 މެމްބަރުން ތިބޭނެކަމަށް ވިދާޅުވެފައެވެ. އެމްޑީޕީއަށް ލިބުނު 12 ގޮނޑި ނުހިމަނައި، ބާކީ ދެން މަޖިލީހުގައި ތިބޭނީ 81 މެމްބަރުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު